ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އެންމެ ފޯރިއާއި އެކު ކުޅެވޭ އޮންލައިން ގޭމުތަކުގެ ތެރެއިން ޕްލޭޔާސް އަންނޯން ބެޓްލް ގްރައުންޑް (ޕަބްޖީ) އެވެ. މި ގޭމު ކުޅުމުގެ އިތުރުން ގޭމަށް އަންނަ ރީތި ބަޑިތަކާއި ކާރުތަކާއި ހެދުންތައް ހޯދުމަށް ގިނަ ބަޔަކު އަންނަނީ ފައިސާ ވެސް ހޭދަކުރަމުންނެވެ.

ޕަބްޖީ ކުޅޭ މީހުން ގޭމަށް މިހާތަނަށް 7 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

2017 ވަނަ އަހަރު އުފައްދައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ގޭމަށް އާއްމުންގެ ގިނަ މީހުން އެހާ ބައިވަރު ފައިސާ ހޭދަކޮށްފައިވުމާއި އެކީ އެގޭމު ވެފައިވަނީ އައިއޯއެސް އަދި އެންޑްރޮއިޑް ބޭނުން ކުރާ ފަރާތްތަކުން މިހާތަނަށް އެންމެ ގިނަ ފައިސާ ހަރަދު ކުރި ގޭމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ފެށިގެން އައި ފަހުން ދުވާލެއްގެ މައްޗަށް އެ ގޭމުން އަންނަނީ 8.1 މިލިއަން ޑޮލަރު ކޮންމެ ދުވަހަކު ހޯދަމުންނެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ޕަބްޖީއަށް ފައިސާ ހަރަދުކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން މި ގޭމަށް ހަރަދު ކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރާއްޖެ ވެސް ހިމެނޭހެން ގިނަ ގައުމުތަކުގެ މީހުން ޕަބްޖީ ކުޅެމުން އައި ނަމަވެސް އިންޑިއާގައި މި ގޭމު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުން މަނާ ކޮށްފައެވެ.

މި ގޭމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އޮންލައިން ގޭމެކެވެ. ނަމަވެސް ގޭމްގައި ދައްކުވައިދޭ އަނިޔާވެރި މަންޒަރުތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ދަނީ މިގޭމާއި ދެކޮޅަށް ތަކުރާރުކޮށް ވާހަކަ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޕަބްޖީ

  ތިކިޔާ އަނިޔާވެރި މަންޒަރަކީ ކޮބާކަމެ ނޭގުނު

  2
  5
 2. އަމޮންގްއަސް

  ސްކިން ގަނެލަނީ. ދެން ކުޅެނީ.

  3
  1
 3. ފެލާ

  އެނމެ ގިނަ ބަޔަކު އަދިވެސް ތިގޭމް ކުޅެނީ އިނޑިއާގައި، ޕަބްޖީން ވަނީ އިންޑިއާއަށް ހާއްސަ ވޭރިއަންޓްއެއްވެސް ތައާރަފް ކޮށްފައި

  1
  1
 4. ސަމްހާން

  ޕަބްޖީ ޕެލެޔާރ

  1
  1
 5. ފަގުޑި

  ދެން ރާއްޖެއިންވެސް ޕަބްޖީ ގޭމު މަނާކޮއްލަންވީނު، މީ ސައްތައިން ސައްތަ އިސްލާމީ ކިއްލާއެކޭ ކިޔާފަ. ރާއްޖެއަކީ އަބަދުވެސް ވަރައް ވެގަނެގެން އުޅޭހިތްވާ ގައުމެއްނު.