ފިލްމްތަކުގެ ޝޫޓީންގްގައި އުޅޭއިރު ތަފާތު ކަންކަމާއި ދިމާވެއެވެ. ތަފާތު އެތައް ހާދިސާއެއްގެ ވާހަކަ އާއްމުކޮށް ޝޫޓިންގއަށް ފަހު ދިމާވެއެވެ. ބައެއް ފަހަރު ބިރުވެރި ކަންކަމެވެ. އަނެއް ބައި ފަހަރު މަޖާވެސް ކަންކަމެވެ.

އެގޮތުން ދިވެހިންގެ ތެރޭގައި އެންމެ މަގްބޫލުވި ފިލްމްތަކުގެ ތެރޭގައި ހިމެނޭ 40ޕްލަސްގެ ޝޫޓިންގގެ ތެރޭގައި ދިމާވި ކަމެއްގެ ވާހަކަ އެ ފިލްމުން ފެނިގެން ދިޔަ މަރިޔަމް ޝިފާ މި ވަނީ ދިވެހި ޗެނަލްގެ ލޯބިލޯބިން ޕްރޮގްރާމްގައި ހިއްސާކޮށްފައެވެ.

ޝިފާ ބުނީ، އެ ފިލްމްގެ ޝޫޓިންގގައި ވަލު ތެރޭގައި ދަންވަރު ގަޑީގައި އުޅެނިކޮށް ކުކުޅެއް ފެނުނު ހެން ހީވީ ކަމަށެވެ. އަދި އެ ވާހަކަ ބަޔަކު ކައިރީގައި ދެއްކި ފަހުން، ހެނދުނު ހޭލިއިރު އެންމެން ހުން އައިސް ތިބި ކަމަށް ޝިފާ ބުންޏެވެ.

"40 ޕްލަސްގައި ވަލު ތެރޭގައި ކުކުޅެއް ފެނުނުހެން ހީވީ ކަމެއް ނުވަތަ އަސްލަށް ވީކަމެއް ކަމެއް އަދިވެސް ނޭނގެ، އެ ދުވަހު ޝޫޓިންގގައި ތިބޭނީ އަޒޫ އާއި ޝިފާއާ، ވަރަށް ބައިވަރު މީހުން އުޅޭނެ، ޔޫއްޕެއާ އެންމެން ޝޫޓިންގްގައި، ދަންވަރު ގަޑީގައި ވަލު ތެރޭގައި، ދެން އެ ވާހަކަ ގޮސް ދެއްކީ ރޫމް ތެރޭގައި، އަނެއް ދުވަހު ހެނދުނު ހޭލިއިރު އެންމެން ތިބީ ހުން އައިސް، ހަމައެކަނި ވާހަކައެއް ދައްކައިގެން".

މަޝްހޫރު ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި މި ފިލްމްގައި ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޝިފާ ފެނިގެން ގޮސްފައި ވެއެވެ.

އެ ފިލްމްގައި ޝިފާއަކީ އިންސާނެއް ނޫނެވެ.

މި ފިލްމަކީ ހެއްވާމަޖާ ގިނަ ކަންތައްކަކާއި ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުކުޅު

    ފިހާރަތަކަށް ދާއިރުވެސް ކުކުޅުފެނުން އާއްމުކަމެއް..މިހާރު ގިނައިން ހުންނަނީވެސް ކޮށާފަ ކޮތަޅު ކޮތަޅުގަ ބަންދުކޮށްފަ އައިސްކޮށްފަ..ވަރަށް ހުންއާދޭ ޝިފާބުނިހެން ކުކުޅު ފެންނައިރު...އެކަމު ޝިފާފެންނައިރު ހުންއައިސް ހިނިވެސް އާދޭ.. ވަރަށް ލޯބިވޭ ޝިފާދެކެ..މަށާއިނދެފާނެބާ...

    10
    2
  2. Anonymous

    ހުން އައްޔޭ ފިރިހެނުންނޯ މިއީ ކީކޭ ބުނާނީ

    6
    1
    • ކަޅުކުކުޅު

      ފިރިހެނުން ހުމެއް ނާންނާނެތަ