އިނގިރޭސިިވިލާތުގެ ބޭންކްއެއް ކަަމަށްވާ އެޓޮމް ބޭންކް އިން މުވައްޒަފުންނަށް ހަފްތާއަކު ހަތަރު ދުވަހު ޗުއްޓީ ދޭން ނިންމައިފިއެވެ. އެ މުވައްޒަފުންނަށް ހަތަރު ދުވަހުގެ ޗުއްޓީ ދެނީ މުސާރައިން ނުކަނޑާ ގޮތަށެވެ.

އެޓޮމް ބޭންކުން ބުނެފައިވަނީ އެ ބޭންކްއަކީ މުސާރަ ކުޑަނުކުރާ ގޮތަށް 4 ދުވަހު މަސައްކަތަށް ނުކުންނަން ނުޖެހޭ ގޮތަށް ހެދި އެންމެ ބޮޑު ކުންފުނި ކަމަށެވެ.

އެ ބޭންކުން މިގޮތަށް އަަމަލު ކުރަން ފެށީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިގޮތަށް ބަދަލު ގެެނެސް ފައި ވަނީ މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން ކަމަށެވެ.

ކުރިން އެތަނުގެ މުވައްޒަފުން 37.5 ގަޑިއިރު މަސައްކަތް ކުރުމުގެ ބަދަލުގައި މިހާރު މުވައްޒަފުން މަސައްކަތް ކުރަނީ ހަފުތާއަކު 34 ގަޑިއިރެވެ. ހަތަރު ދުވަހުގެ މަސައްކަތު ހަފުތާއަކަށް ބަދަލުވުމަކީ އަމިއްލަ ކަމެއް ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ. އަދި އޭގެ ފައިދާ ލިބޭ މުވައްޒަފުން މަސަައްކަތުގައި އުޅޭ ދުވަސްތަކުގައި ގިނަ ވަގުތު މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.

ސީއެންއެން އިން ބުނެފައިވާގޮތުގައި، އެ ބޭންކްގައި މަސައްކަތް ކުރާ 430 މުވައްޒަފަކު ވަނީ މަސައްކަތް ކުރާ ދުވަހަށް ބަދަލު ގެނެސްފައެވެ. އެގޮތުން ގިނަ މުވައްޒަފުންނަށް ހޯމަ އާއި ހުކުރު ދުވަހު ޗުއްޓީ ބުނާ ގޮތަށް ހަދާފައި ވެއެވެ. އެހެން ނަމަވެސް އޮޕަރޭޝަން އާއި ސާވިސް ރޯލްގައި މަސައްކަތް ކުރާ މުވައްޒަފުން ޗުއްޓީ ނަގަނީ ކަސްޓަމަރުންގެ ސާވިސްއަށް ބުރޫ ނާރާ ގޮތާށް ކަމަށް ބުނެފައި ެވއެވެ.

ކިޔުންތެރިންގެ ހިޔާލު