އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ ސްކޫލް ދަރިވަރަކު، އޭނާގެ ރަހުމަތްތެރިއަކު އޭނާގެ ފަންސޫރު ވަގަށް ނަގާ މައްސަލަ ހުށަހަޅަން ފުލުހުންގެ އިދާރާއަށް ގޮސްފިއެވެ.

މިހާރު މީސް މީޑިއާގައި ދަނީ އެ ކުއްޖާ އެ މައްސަލަ ފައިލް ކުރަން ގޮސް ހުއްޓާ ނަގާފައިވާ ވީޑިއޯއެއް ދައުރުވަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ކުރްނޫލް ޑިސްޓްރިކްޓްގައެވެ.

ފުލުހުން ނެގި އެ ވީޑިއޯއިން ފެނިގެން ދަނީ ހަންމަންތު ނަމަކަށް ކިޔާ އެ ކުއްޖާ ފުލުހުންނަށް އޭނާގެ ފަންސޫރު ކުއްޖަކު ނަގާ އަނބުރާ ނުދޭ ކަމުގެ ޝަކުވާ ކުރާ ތަނެވެ. އޭނާ ބުނާގޮތުގައި، އެ ކުއްޖާ ކޮންމެ ދުވަހަކުވެސް އޭނާގެ ފަންސޫރު ވަގަށް ނަގެވެ. ފައިސާވެސް ބައެއް ފަހަރު ވަގަށް ނަގާ ކަމަށް ބުނެއެވެ.

އޭނާ ވަނީ ފުލުހަށް ގޮސް ފުލުހުން ކައިރީ އޭނާގެ ފަންސޫރުތައް ވަގަށް ނަގާ ގޮތާއި، އަދި މައްސަލަ ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފައެވެ.

ފުލުހުން ވަނީ ފަހުން އޭނާ އެ ބުނާ ދަރިވަރަށް ގުޅައިގެން ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލު ކުރަން ވާހަކަދައްކަން ފުރުސަތު ދީފައެވެ.

އިތުރަށް އެ ވީޑިއޯއިން ފެނިގެން ދަނީ ފުލުހުން ކޮށްދޭންވީ ކޮންކަމެއްތޯ އަހާ މަންޒަރެވެ. އެ ކުއްޖާ ބުނަނީ ބޭނުންވަނީ އޭނާގެ ފަންސޫރޫ ވަގަށް ނެގި ކުއްޖާއާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށެވެ. އޭނާގެ ޖަވާބުން ފުުލުހުންނަށްވެސް ހައިރާން ކަމެއް ލިބުނުއިރު ފުލުހުން ވަނީ، އެކަމާއި މައާފްކޮށް މައްސަލަ ނިންމާލަން ނަސޭހަތްތެރިވެފައެވެ. އެއީ އެކަމުގެ ސަބަބުން އެ ކުއްޖާއާ މައިންބަފައިން ޖަލަށް ދާން ޖެހިދާނެ ކަމަށް ބުނެއެވެ.

އެ ކުއްޖާއާއެކު ސްޓޭޝަނަށް ދިޔަ ދެން ތިބި ކުދިން ހޭ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ.

ފަހުން އެ މައްސަލަ ހައްލުވެފައިވާ ކަމަށް ވެއެވެ. އަދި ފުލުހުން ވަނީ ދެ ދަރިވަރުން ކައިރީގައިވެސް ރަނގަޅަށް ކިޔެވުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު