މާ ގިނައިން ރޯތީކަމަށް ބުނެ، އެކަމުގެ ރުޅީގައި އުފަން ދަރިފުޅު، ކުނި ގޮނޑަށް އެއްލާލި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އިންޑިޔާގެ ދިއްލީގެ އިރުމަތީ ސަރަޙައްދުންނެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި އެއްލާލި ތުއްތު ދަރިފުޅަކީ 25 ދުވަހުގެ ކުޑަ ކުއްޖެކެވެ. އަދި، މިކަން ކުރި އަންހެން މީހާގެ ނަމަކީ ނޭހާ އެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި މިކަމަށް ނޭހާވަނީ އެއްބަސްވެސް ވެފައެވެ. އޭނާ އެއްބެސްވުމަށްފަހު ބުނިގޮތުގައި އޭނާގެ ދަރިފުޅު، އެއްކަމެއް ކޮށްގެންވެސް ހުއްޓައެއް ނުލިއެވެ.

މި ތުއްތު ކުއްޖާ ކުނި ގޮނޑަށް އެއްލާލީ މަރާލާފައިކަމުގައި ނުވިޔަސް، އެކުއްޖާ ހޮވައިގެން ގެންގޮސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށްވަނީ މަރުވެފައެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ދަނީ މި އަންހެން މީހާގެ މައިވަންތަކާމެދު ސުވާލުކުރަމުންނެވެ.

އިންޑިއާގައި ޖަންގްޝަނެއްގެ ތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މީގެ ހަފްތާއެއްހައި ދުވަސް ކުރިން ސަލާމަތް ކޮށްފައި ވެއެވެ. އެކުއްޖާ ސަލާމަތް ކުރީ ފުލުހުންނެވެ.

އިންޑިއާގައި ކުޑަކުދިން ތުއްތު އިރުން މެދުން ނުވަތަ ވިއްކުން ވަރަށް ގިނައެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން ކުރަނީ އަންހެން ކުދިން ލިބުމުންނެވެ. އެއީ އެކުދިން ބެލެހެއްޓުމުގެ މާލީ ގާބިލްކަން ނެތް ކަމަށް ބުނެއެވެ. އިންޑިއާގެ އާދަކާދަ އޮންނަ ގޮތުން އަދިވެސް އަންހެން ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ވަރަށް މަދެވެ. އަދި އަންހެން ކުދިން ކައިވެންޏަށް ވެސް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަލީ

  ސުރުހީ ފެނުނީމަ އެނގިޖެ އިންޑިއާ ކަން. މޯދީ އަށް ވެދުންސަލާމް އިންޑިއާ އައުޓް

  23
 2. ކޭ

  ކެތްތެރިކަން ކޮޅުންލީކަމަށް ވެދާނެ އެކަމަކު މަރާލުމަކީ އެދެވިގެންވާ ގޮތެއްނޫން.

  4
  9