ފަޅޮލަކީ އާންމު ދިރިއުޅުމުގައި ވަރަށް ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. ފަޅޮލުން ގިނަ ސިއްހީ ފައިދާއެއްވާއިރު ފަޅޮލުގެ އޮށަކީވެސް އޭގެން ސިއްހީ އެތަކެއް ފައިދާއެއްވާ އެއްޗެކެވެ. އެގޮތުން ފަޅޮލުގެ އޮށުން ވާ ބައެއް ކަހަލަ ފައިދާތަށް ތިރީގައި އެވަނީއެވެ.
ކެންސަރު ޖެހުމުން ދުރުކޮށްދިނުން
ފަޅޮލޮގެ އޮށުގައި ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ސެލްތަކުގެ ބާރު ދަށްކޮށްދޭ މާއްދާތަށް އެކުލެވިގެންވެއެވެ. އެގޮތުން އިސޯތިސައިނޭޓްސްގެ ސަބަބުން އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ހަމުގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.
ހުޅުހުޅުގައި ރިއްސުމުން ދިރުކޮށްދިނުން
ފަޅޮލުގެ އޮށަކީ އޭގައި އެންޓި އިންފްލެމޭޓަރީގެ މާއްދާތަށް އެކުލެވިގެންވާ އެއްޗެކެވެ. އެކަމުގެ ސަބަބުން ކަށިތަށް ވަރުގަދަވެ ކަށިގަނޑުގެ ހެނދިބޮޑުވުމަށް އެހީވެދެއެވެ. އަދި ހުޅުހުޅުގައި ރިއްސުމާއި ގައިގައި ރިއްސުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެެވެ.
ދިފާއި ނިޒާމު ވަރުގަދަކޮށް ދިނުން
ފަޅޯ އޮށަކީ ނުރައްކާތެރި ޖަރާސީމުތަށް މެރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ފަޅޯ އޮށުގެ ވަރަށް ކުޑަ މިންވަރަކުންވެސް ނުރައްކާތެރި އީ ކޮލީ ، ސަލްމަނެއްލާ އަދި ސްޓޭފަލޯކަސް ފަދަ ޖަރާސީމުތަށް މަރާދެއެވެ. އަދި ވައިރަލް ފީވާ އާއި ފަސޭހައިން ޖެހޭ ބަލިތަކުން ދިފާއު ވުމަށްވެސް ފަޅޯ އޮށަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ފަޅޯ އޮށާއި ކިރު އެއްކޮށްގެން ބުއިމުން ވަރަށް ފަސޭހައިން ހުން މައިތިރިވެއެވެ.
ކިޑްނީގެ ބަލިތަށް ޖެހުމުން ދިރުކޮށްދިނުން
ކިޑްނީގެ ދުޅަހެޔޮކަމަށްވެސް ފަޅޯ އޮށަކީ އެފަދަ ދެވަނައެެއް ނެތް އެއްޗެކެވެ. އެގޮތުން ޔުނިވާސިޓީ އޮފް ކަރަންޗީގެ ރިސާޗަރުން ބުނެފައިވާ ގޮތުގައި ފަޅޯ އޮށުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި ކިޑްނީ ފެއިލްވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
ކިތަންމެ ފައިދާއެއް ލިބުނަސް ތިއެއް ނުކެވޭނެ.ތީ ފާޑެއްގެ ޒަވިރަހައެއް ލާއެއްޗެއް. ކުޑައިރު އަތަ މީރުވެގެންގޮސް އޭގެ އޮށްތައްވެސް ކެެއިން.ހޮޑު ލައިލައި މަރުނުވީ ކިރިޔާ.ކުންނާރުއޮށާއި ކަދުރުއޮށް އަދި ކާނިއޮށް( މިތަކެތީގެ މަދު )ވ.ގިނައިން އޭރު ކެވޭ.
???????
ސައިންސްވެރިން ކައިރީ ބުނަންވީނު ފަޅޯ އޮށް ބޭނުންކޮށްގެން ކެންސަރައް ބޭހެއް ހަދާށޭ