މިދުވަސްވަރު ބޮލީވުޑްގެ ހަބަރުތަކުގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލްގެ ކައިވެނީގެ ވާހަކައެވެ. މިފެށޭ ހަފްތާ ތެރޭގައި އެ މީހުންގެ ކައިވެނި ކުރެވޭނެ ކަމަށް އިންޑިއާގެ ބޮޑެތި ނޫސްތަކުން ދަނީ ބުނަމުންނެވެ.

އެކަމަކު މި ދައްކަމުންދާ ވާހަކަތަައް މިހާރު މި ވަނީ ދޮގު ވާހަކަތަކަކަށް ވެފައެވެ.

އެގޮތުން ވިކީގެ ދެބެއިންގެ ދެދަރި ކޮއްކޮއެއް ކަމަށްވާ އުޕަސަނާ ވޮހްރާ ވަނީ ވިކީ އާއި ކެޓްރީނާ ކައިވެނި ކުރަން ނޫޅޭ ކަމަށް ބުނެފައެވެ.

"އެ ކައިވެނީގެ ތާރީހުތަކާއި ތައްޔާރީތަކާއި ގުޅޭގޮތުން މީޑިއާގައި ފެތުރެމުންދަނީ ހުސް ވާހަކަަތަކެއް\. ކައިވެނި ވެސް ނުކުރެވެނީއެވެ. އެއީ ހުރިހާ އަޑުތަކެއް. އެ މީހުން ކައިވެނި ކުރަން ނޫޅޭ".

އޭނާ ބުނީ، ވިކީ އާއއި ކެޓްރީނާ ކައިވެނި ކުރަން ނޫޅޭ ކަމަށާއި، އެކަން ވިކީ ކައިރިވެސް އަހާފައިވާނެ ކަމަށެވެ

"ދާދިފަހުން އަޅުގަނޑުގެ ބޭބެއާ ވާހަކަދެއްކިން، އެކަހަލަ ކަމެއް ކުރިއަށްދާން އުޅޭކަމަކަށް ނުބުނޭ. އަޅުގަނޑު މިކަމާއި ބެހޭގޮތުން އިތުރު ކޮމެންޓެއް ކުރާކަށް ގަސްދެއް ނުކުރަން، އެކަމަކު މިވަގުތު ކައިވެނި ކުރިއަށް ނުދާނެކަން ކަށަވަރުކޮށްދެން". އޭނާ ބުންޏެވެ.

ވިކީ އާއި ކެޓްރީނާގެ ކައިވެނި ޑިސެންބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކުރިއަށްދާނެ ކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުންދާއިރު، މި ކައިވެނި އޮތީ ކޯޓުގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ޕާޓީގެ ހަރަކާތްތައް އޮތީ ރަޖަސްތާންގައި ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް މިހާރު ކައިވެނީގެ އެ ވާހަކަތައް މި ވަނީ ފޭނުންނަށް ވަރަށް ބޮޑު ހިތާމަވެރި ހަބަރަކަށެވެ.

މި ކައިވެންޏާއި ގުޅޭގޮޮތުން ވިކީ އާއި ކެޓްރީނާވެސް އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.