އިންޑިއާގައި ބޭއްވި ކައިވެނި ހަފްލާއެއްގައި ޖެހި ލަވަތަކުގެ ސަބަބުން 63 ކުކުޅެއް މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރަންޖީތު ކުމާރު ޕަރިދާ ނަމަކަށް ކިޔާ މީހަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ޕާޓީގައި 'ވިދާ' ޖެކެޓުތަކެއް ލައިގެން ތިބި ބަޔަކު ހިންގާ ބޭންޑަކުން ޖަހާފައިވަނީ އިންސާނުންގެ ކަންފަތް ވެސް ފަޅައިގެންދާ ވަރުގެ ލަވަތަކެކެވެ.

އޮޑިށާ އަވަށުގެ އިރުމަތީ ސަރަހައްދުގެ ކުކުޅު ގެންގުޅޭ ދަނޑެއް ކައިރީގައި ބޭއްވި މި ހަފްލާގެ ސަބަބުން އެތަނުގައި ގެންގުޅޭ 63 ކުކުޅެއް މަރުވެފައިވާ ކަމަށް އޭނާ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

"އަޅުގަނޑު ބުނިން ލަވަ ކުޅޭ މީހުން ކައިރީގައި ކުކުޅުތަކަށް އުނދަގޫވާތީ ތަންކޮޅެއް މަޑުން ލަވަ ޖަހަން. އެގޮތަށް ބުނުމުން ވެސް އެމީހުން އަޅުގަނޑު ބުނި އެއްޗެއް އަޑު ނާހާ. ކައިވެނި ކުރި ފިރިހެން މީހާގެ ރަހުމަތްތެރިން ވެސް އަޅުގަނޑާއި ދިމާލަށް އެއްޗެހި ގޮވީ" އޭނާ ބުނެފައިވެއެވެ.

ކުކުޅުތައް މަރުވެފައިވަނީ ލަވައިގެ އަޑު ބާރުކަމުން ހާޓްއެޓޭކެއް ޖެހިގެން ކަމަށް ޖަނަވާރުންގެ ޑޮކްޓަރަކު ބުނެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން އޭނާ ވަނީ ފުލުހުންނަށް މައްސަލަ ޖައްސައި ބަދަލު ހޯދުމަށް ކައިވެނި ކުރި ދެމަފިރިންގެ ގާތުގައި އެދިފައެވެ. އެހެން ނަމަވެސް އެފަރާތްތަކުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ވަނީ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައެވެ.

ޖަނަވާރުންގެ މާހިރަކު ބުނެފައިވަނީ ދޫނިތަކުގެ ކުރިމަތީ އެސޮރުމެންނަށް އަޑު އިވޭ ވަރަށް "ބާރަށް" ލަވަ ޖާހާނަމަ ހިތުގެ މައްސަލަތައް އާއްމުކޮށް ދިމާވާނެ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ އޮފިޝަލަކު ބުނެފައިވަނީ މައްސަލަ ހުށަހެޅި މީހާއާއި މައްސަލަ ރައްދުވާ މީހާއަށް ސުލްހަވެރި ގޮތެއްގައި މައްސަލަ ނިންމަން ފުރުސަތު ދީފައިވާ ކަމަށާއި އޭގެ ފަހުން މައްސަލަ ހުށަހެޅި މީހާ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    ލަވައިގެއަސަރުގަދަކަމުންކަމަށްވެދާނެ !!

    6
    2
  2. ނަން

    ތި މަރާލީ ދިރޭ މުދަލެއް ރ.ވާދޫ މީހުން ވެސް ވ މޮޅުވާނެ ދިރޭ އެއްޗެހި މަރަން

    7
    4
  3. ހުސޭނުބޭ

    ތި މައްސަލަ އެންމެ ރަގަޅަށް ބެލޭނީ ސޯލިބޭ އުފައްދާފައި އޮންނަ މަރު ކަމިޝަނަށް!