އެމެރިކާގެ އެންމެންގެ ލޯބި ލިބިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އާއި ދެކުނު ކޮރެއާގެ ޑްރާމާތަކާއި ފިލުމުތަކުން އެންމެންގެ މަގުބޫލުކަން ހޯދާފައިވާ ގޮންގް ޔޫ ޑޭޓް ކުރާ ކަމުގެ ވާހަކަތަކެއް މީސް މީޑިއާގައި ފެތުރެން ފަށައިފިއެވެ.

މި އަޑުތައް ފެތުރިފައިވަނީ ނިއު ޔޯކްގެ ރެސްޓޯރެންޓެއްގެ ވެއިޓަރަކު ގޮންގް ޔޫ އާއި ޓެއިލާ ސްވިފްޓް އެކުގައި ރެސްޓޯރެންޓަކުން ފެނުނު ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.

މި ވެއިޓަރުގެ ވާހަކަތައް ސާބިތު ކޮށްދޭނެ ހެއްކެއް ނެތް ނަމަވެސް އެމެރިކާ އާއި ދެކުނު ކޮރެއާގެ މީޑިއާތަކުގައި މި އަޑު ވަނީ ގަދަވެފައެވެ.

މި އަޑުތަކާ ބެހޭގޮތުން ގޮންގް ޔޫގެ އެޖެންސީ މެނޭޖުމަންޓް ސޫޕް އިން ބުނެފައިވަނީ ގޮންގް ޔޫއާއި ޓެއިލާގެ އެކަހަލަ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ނިއު ޔޯކުގެ ރެސްޓޯރެންޓުން އެ ދެމީހުން އެކުގައި ނުފެންނާނެ ކަމަށެވެ.

ގޮންގް ޔޫ އާއި ޓެއިލާއާއި ބެހޭގޮތުން އެ ދެކެވެނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އެޖެންސީއިން ބުނެފައިވެއެވެ.

މި އަޑުތައް އެރިއިރު ގޮންގް ޔޫ ހުރީ ކޮރެއާގައި ކަމަށާއި އޭނާ އެމެރިކާއަށް ނުދާތާ ވަރަށް ދުވަސްވެއްޖެ ކަމަށް ވެސް އެޖެންސީއިން ފާހަގަ ކޮށްފައިވެއެވެ.

އެޖެންސީއިން މި އަޑުތައް ދޮގުކުރި ނަމަވެސް އަދި ވެސް ބައެއް ފަރާތްތަކުން ބުނަމުން ދަނީ އަޑުތައް އަރާނީ އެކަމުގައި ކޮންމެވެސް ހަގީގަތެއް ވާތީ ކަމަށެވެ.

އުމުރުން 31 އަހަރުގެ ޓެއިލާއަކީ ލަވަ ކިޔުމުގެ އިތުރުން ލަވަ ހަދާ ވެސް މީހެކެވެ. އަދި އުމުރުން 42 އަހަރުގެ ގޮންގް ޔޫއަކީ ދެކުނު ކޮރެޔާގެ އެކްޓަރުންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެކްޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެންދޮ

    ދިއައީ ދޮގު