ރަޙްމަތްތެރި ކަމަކީ ވަރަށްވެސް ތަފާތު ގުޅުމެކެވެ. ލޯބީގެ ގުޅުމަށްވުރެވެސް ރަޙްމަތްތެރި ކަމުގެ ގުޅުމަކީީ މާވަރުގަދަ ގުޅުމެކެވެ. އެގޮތުން މިފަހަރުވެސް މިއޮތީ ރަޙްމަތްތެރި ކަމުގެ ގުޅުމަކީ ވަރުގަދަ ގުޅުމެއްކަން ހާމަކޮށްދީފައެވެ.

އެމެރިކާގެ ބެލްޓިމޯގެ މީހަކު މިވަނީ އޭނާއަށް ދިމާވި ހާދިސާއެއް ހިއްސާކޮށްފައެވެ. 67 އަހަރުގެ މިމީހާއަކީ އާދައިގެ މަތިން އޭނާގެ ނަސީބު ހުރި ނެތްގޮތް ބެލުމަށްޓަކައި ގުރުއަތުތަކުގައި ބައިވެރިވާ މީހެކެވެ. މިގޮތުން މިފަހަރުވެސް މިމީހާ ގުތުއަތެއްގައި ބައިވެރިވެއެވެ. 5 ޑޮލަރު ދިނުމަށްފަހު މިގުރުއަތުން ޓިކެޓްއެއް މިމީހާ ނެގިއެވެ.

މިމީހާ ކިޔާދިން ގޮތުގައި ގުރުއަތުގައި މިމީހާ ބައިވެރިވެފައިވަނީ ވަރަށްވެސް މުހިންމު ކަމެއް ކުރުމަށް ލާރި ހޯދުމަށާއި މިވާހަކަ އޭނާއާއެކު ދިޔަ ރަޙްމަތް ތެރިޔާގާތު މިވާހަކަ ކިޔާދިން ކަމަށެވެ. ނަމަވެސް މީގެ ކުރިން އެންމެ ފަހަރަކުވެސް ގުރުއަތަކުން ހޮވިފައި ނުވާތީ ގުތުއަތުގެ ޓިކެޓް ރަޙްމަތްތެރިޔާއަށް ދިން ކަމަށް މިމީހާ ބުންޏެވެ.

މިމީހާ އިތުރަށް ކިޔާދެމުން ބުނެފައިވަނީ ނަމަވެސް މިފަހަރު މިގުރުއަތުން މިމީހާގެ ނަސީބު ލައްވާލި ކަމަށާއި މިމީހާއަށް ރަޙްމަތް ތެރިޔާ އަދި އެގުތުއަތުގެ ޓިކެޓް އަބުރާ ދީފައިވާ ކަމަށެވެ.

"އެއީ އަސްލު ރަޙްމަތްތެރި ކަމަކީ، ޔަޤީން އެހެން މީހެއް ނަމަ ނުދޭނެ" ހެވި ދިއްލިފައިހުރެ މި 67 އަހަރުގެ މީހާ ބޭރުގެ މީޑިޔާތަކަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

މިގުތުއަތުން މިމީހާއަށްވަނީ 5،000 ޑޮލަރު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބީބް

    ޕޯސްޓްކުރުމުގެ ކުރިން ލިޔެވިފައިވަނީ ރަނގަޅަށްތޯ ބަލާލުން ބުއްދިވެރި!!!!

  2. ކީބް

    ހޭބަލިވެފަޔޭ ތިބެނޭ. ލިޔެވޭ ނުލިޔެވޭ އެއްޗެއް ނޭގޭނޭނު