މިސްޓަ ބީންއަކީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ކަމުދާ ކެރެކްޓާއެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މި ރޯލުން ފެނިގެން ދަނީ ރޯވަން ސަބާސްޓިއަން އަކިންސަންއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރޯވަންއާ ވައްތަރު އަންހެން ކުއްޖެއް ޓިކްޓޮކްގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ޓިކްޓޮކްގެ ތަރިއެއް ކަމުގައިވާ ފެބިއޮލާ ބަގްލިއެރީއަކީ މިސްޓަރ ބީންގެ އަންހެން ދަރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ފެބިއޮލާއާއި މިސްޓަ ބީން ވަރަށް ވައްތަރެވެ.

ފެބިއޮލާ މޭކަޕް ނުކޮށް ހުންނައިރު އޭނާ ވައްތަރީ މިސްޓަ ބީންއާ ކަމުގައި ވީ ނަމަވެސް މޭކަޕް ކޮށްލުމުން މުޅިން ތަފާތު މީހެއް ވައްތަރު ޖަހައެވެ.

ޓިކްޓޮކްގައި ފެބިއޮލާގެ ނިކްނޭމްއެއްގެ ގޮތުގައި ބޭނުންކުރާ ނަމަކީ ވެސް ''މިސްޓަ ބީންގެ އަންހެން ދަރިފުޅު'' މި ނަމެވެ.

މިސްޓަ ބީންއާ ވައްތަރު ކަމަށް މީހުން ބުނާ ބުނުން ގަބޫލު ކުރަން ބޭނުން ނުވާތީ ފެބިއޮލާ ދަނީ އޭނާގެ މޭކަޕް ބޭނުން ކޮށްގެން ތަފާތު މީހެއްކަން ދައްކުވައިދެމުންނެވެ.

މޭކަޕް ކުރުމަށްފަހު އޭނާގެ ވީޑިއޯތައް ޓިކްޓޮކްގައި ހާމަ ކުރުމުން ގިނަ ފިރިހެނުން ބުނެފައިވަނީ އަންހެނުންނަށް އޮންނަ އިތުބާރު ގެއްލިއްޖެ ކަމަށެވެ. އެއީ މޭކަޕު ބޭނުން ކޮށްގެން މީހާގެ މޫނަށް ބޮޑު ބަދަލެއް ގެނެވޭތީއެވެ.

އުމުރުން 18 އަހަރުގެ ފެބިއޮލާގެ ޓިކްޓޮކް އެކައުންޓްގައި 10 މިލިއަން ފޮލޯވާސް ތިބެއެވެ.

ފެބިއޮލާވަނީ މޭކަޕް ކޮށްގެންނާއި ނުކޮށް ހުންނަ އެތައް ވީޑިއޯއެއް ޓިކްޓޮކްގައި ހިއްސާ ކޮށްފައެވެ. މޭކަޕް ކޮށްގެންނާއި ނުކޮށް ހުންނަ އިރު ވެސް ފެބިއޮލާ ރީތިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޔ

    ޢެއްވެސް ވައްތަރެއްނޫން

    13
    3
  2. ަައހ

    ތި ކުއްޖާގެ ބައްޕަ މިސްޓަ ބީން އާ ވައްތަރީ، ވަގުތު މީހުން ރަނގަޅު ހަބަރު ލިޔެބަ

    8
    1
  3. ފޭކް

    އެ މޭކަޕް ކޮއްފައި. ޓިކް ޓޮކް އިން ފެންނަ ހުރިހާ އެއްޗަކީ އަސްލެއް ނޫން.