ޕެރޫގެ ވަޅުލެވިފައިވާ އަވަށަކުން އާކިއޮލޮޖިންސްޓުންނަށް ތަފާތު ގޮތަކަށް އޮތް ގަބުރެއް ފެނިއްޖެއެވެ.

ޕެރޫގެ ވެރިރަށް ލިމާ އާއި 16 މޭލު ދުރުގައި އޮތް އަވަށަކުން ފެނުނު ގަބުރު އޮތީ ފަރުބަދައެއްގައި ކަނޑައި ނަގާފައިވާ "ކޮޓަރިއެއް"ގައެވެ. އެންމެ ތަފާތު ކަމަކީ މިގަބުރު ކަނެއްގައި އިންއިރު ހިރުނުލެވޭ ވަރަށް ވަލުން އައްސާފައިވުމެވެ. 1200 އަހަރު ވެދާނެ ކަމަށް ސައިންސްވެރިން ލަފާކުރާ ގަބުރުގެ ގައިގަ އައްސާފައި ހުރި ވާތަކަށް މިހައި ގިނަ ދުވަސް ވެފައިވާއިރު ވެސް މާބޮޑު ކަމެއް ނުވެ އޮތުމަކީ ވެސް އާކިއޮލޮޖިސްޓުންނަށް ލިބުނު ހައިރާން ކަމެކެވެ.

ގަބުރު ފެނުނު އާކިއޮލޮޖިސްޓިންގެ ޓީމްގެ އެންމެ އިސްވެރިޔާ ޕީޓާ ވޭން ވިދާޅުވީ ގަބުރުގައި ވާތަކެއް އައްސާފައި ހުރި ނަމަވެސް އެއީ މަރާލުމަށް ނުވަތަ ހައްޔަރު ކުރުމަށް އައްސާފައި ހުރި ވާތަކެއް ކަމަށް ނުވެދާނެ ކަމަށެވެ.

"އެއީ މިސަރަހައްދުގެ މީހުން، މީހުން މަރުވުމުން ހަދަ ގޮތެއްކަމަށް ވުން ވެސް އެކަށީގެންވޭ. އަހަރެމެންނަށް ފެނުނު ގަބުރުގެ މުޅި ގައިގަ ވަނީ ވާގަނޑެއް އޮޅާފައި. އަދި ގަބުރުގެ ދެއަތުން މޫނު ވަނީ ނިވާކޮށްފައި." ޕީޓާ ވިދާޅުވިއެވެ.

އާކިއޮލޮޖިސްޓުންނަށް ފެނުނު ގަބުރަކީ ކޮން ޖިންސެއްގެ މީހެއްގެ ގަބުރެއް ކަމެއް އަދި ނޭނގެއެވެ.

ކުރިއަށް އޮތްތަނުގައި މިގަބުރު އިތުރަށް ދިރާސާކޮށް އޭނާ މަރުވާން މެދުވެރިވި ސަބަބު ވެސް ދެނެގަނެވޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން އުއްމީދު ކުރެއެވެ.

މިހާރު ސައިންސްވެރިން ގެންދަނީ މިގަބުރަށް އިތުރު ގެއްލުމެއް ނުލިބޭ ގޮތައް ގަބުރު ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމަށް އަދި ދުވަސްތަކެއް ހޭދަވާނެ ކަމަށް ދިރާސާ ކުރާ ޓީމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިންޓިސްޓު

    އެ ގަބުރު ގެ ކަށިތައްވެސް ހަމަ ހަލާކު ނުވެ ހުރީތަ