ކާށި ހެހުމަކީ ވަރަށް ގިނަ ބަޔަކަށް އުދަގޫ ކަމެކެވެ. މީގެ ކުރިން ފޭރާގެ ބޭނުން ކާށި ހެހުމަށް ބޭނުން ކުރި ނަމަވެސް އެކަން ކުރުމަށް އެއަށްވުރެ ފަސޭހަ އާލާތްތައްވެސް މިހާރުދަނީ އީޖާދު ކުރަމުންނެވެ.

ކާށިހެހުމަކީ ބައެއް މީހުންނަށް ބޮޑު އުދަގުލަކަށް ވީނަމަވެސް އިންޑިޔާގެ އުއްތަރަ ޕްރަދޭޝްއަށް އުފަން އަޖޭ ސިންގް ސިދޯޝިއާއަށް މިއީ ވަރަށް ފަސޭހަ ކަމަށެވެ. އެހެން އާއްމު މީހުންނާއި ޚިލާފަށް އަޖޭ ކާށި ހެހެނީ ދަތުންނެވެ.

އަޖޭ ދަތުން ކާށިހެހޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިޔާގައި އާއްމު ވުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން އަޖޭއަށްވަނީ ހުއްޓިފައެވެ.

އިންޑިޔާގެ ޓީވީ ސްޓޭޝަންއަކަށް ދިން އިންޓަރވިއުއެއްގައި އަޖޭ ބުނެފައިވަނީ އޭނާ މިގޮތަށް ކާށި ހެހުމަށް ޝައުގުވެރިކަމެއް އުފެދިފައިވަނީ ކުޑައިރު މިގޮތަށް މީހަކު ކާށިހެހޭ މަންޒަރު ޓީވީއިން ފެނުމުން ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަޖޭވަނީ އެއް މިނެޓް ތެރޭ 6 ކާށި ހެހެ އޭގެ ފެން ބޯ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.

ކާއްޓަކީ ދިވެހި ރާއްޖޭގައި ވަރަށް އާއްމު އެއްޗެއް ކަމުގައިވާތީ ރާއްޖޭގައިވެސް މިކަހަލަ ހުނަރުވެރިން ހުންނާނެ ކަމާމެދު ޝައްކެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙުމަދު

    މި ލިޔުމުން އެއްވެސް އެއްޗެއް ނޭގުނު. ވެދާނެ މަގޭ ގަމާރުކަމުންކަމަށްވެސް. ފުރަތަމަ

    ހެޑްލައިން އޮތްގޮތުންވެސް ވާނުވާގަމިހުރީ. އެއަށްފަހު ކޮކޮނަޓްބޯއީ އަކީ ކާކުކަމެއް

    ނޭގުނު. އެކަމަކު ދަތުން ކާށި ހެހޭ މީހެއްގެ ވާހަކަ އެބައޮތް. އޭނައަށްތޯ ކޮކޮނަޓްބޯއީ

    ކިޔަނީ؟

  2. އެޑަމް

    މިރަށުގަ އުޅޭ އަތުގެ އިނގިލިތަކުން ކާށި ހެހޭ މީހެއް

  3. مي م

    2 އަތުން މަ ކާށި އެހެނީ .

  4. ހާނާ

    ބޮޑު ކަމެށް