ފިލްމް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެވެ. ވަރަށް ގިނަ ވަގުތު އެކަމަށް ހޭދަވާނެއެވެ. އަދި އެ މަސައްކަތަކީ ބުރަ މަސައްކަތެކެވެ. އާއްމުކޮށް ބައެެއް ތަރިންނަކީ ވަރަށް އަގުބޮޑު ބައެކެވެ. އެ މީހުން ލައްވާ ލަވައެއް ކުޅެންވެސް ބައެއް ފަހަރު ބޮޑު އަދަދެއް ހުށަހަޅަން ޖެހެއެވެ. އެހެން ނަމެވެސް އެ ލަވައެއް ނޫނީ ފިލްމެއްގެ ޕްރޮޑިއުސަރ ނޫނީ ޑައިރެކްޓަރާއި އޮންނަ ގާތްކަމެއްގެ ސަބަބުން ބައެއް ތަރިން އެމީހުން ކުރި މަސައްކަތަށް ފައިސާ ނުހޯދައެވެ.

އެ ލިސްޓުގައި ހިމެނޭ ބައެއް ބޮލީވުޑްގެ ތަރިންނަށް ބަލާލަމާ ހިނގާށެވެ.

ދިޕިކާ ޕަދުކޯން

އޯމް ޝާންތީ އޯމްގައި ދިޕިކާ ފެނިގެންދިޔަ ރޯލް އޭނާ ކުޅެފައި ވަނީ އެއްވެސް އަގަކާއި ނުލައެވެ. ދިޕިކާ ގަބޫލުކުރާގޮތުގައި، އެ ފިލްމަކީ އޭނާ، ފިލްމީ ދާއިރާއަށް ނެރެދިން ފިލްމެވެ.

ކެޓްރީނާ ކައިފް

ކަރަން ޖޯހަރްގެ ޗިކްނެހި ޗަމޭލީއިން ކެޓްރީނާ ފެނިގެން ދިޔައިރު، އޭނާ އެ ފިލްމް ކުޅެފައި ވަނީ އެއްވެސް އަގަކާއި ނުލައެވެ. ނަމަވެސް ބަދަލުގައި ކަރަން ވަނީ ކެޓްރީނާއަށް ފެރާރީއެއް ހަދިޔާކޮށްފައެވެ.

ޝާހިދު ކަޕޫރް

ވިޝާލް ބާދްވާޖްގެ ފިލްމް ހައިދަރް ގައި ހައިދަރް ރޯލްއިން ޝާހިދު ފެނިގެންދިޔައިރު، އޭނާއަށް އެ ރޯލް ކުޅެން ފުރުސަތު ދިނީތީ އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އެ ފިލްްމް އޭނާ ކުޅެދީފައި ވަނީ އެއްވެސް އަގަކާއި ނުލައެވެ. އެއީ ޝާހިދު ބޮޑަށް މަޝްހޫރުވި ފިލްމްވެސްމެއެވެ.

ރާނީ މުކަރްޖީ

ކަބި ޙުޝި ކަބިގަމް އަކީ އެތައް ބައެއް ހިތްތަކުން ޖާގަ ހޯދި ފިލްމެކެވެ. ކަރަންގެ އެ ފިލްމްގައި ރާނީ ފެނިގެންދާއިރު، އެ ރޯލް އޭނާ ކުޅެދީފައި ވަނީ އެއްވެސް އަގަކާއި ނުލައެވެ. ރާނީ އަކީ ކަރަންގެ ގިނަ ފިލްމްތަކުން ފެންނަ ތަރިއެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޝާހްރުކް ޚާން

ޝާހްއަކި ގިނަ ފިލްމްތަކުން ފެނުނު ފަންނާނެކެވެ. އޭނާ ވަނީ ބައެއް ފިލްމްތައް އެއްވެސް އަގަކާއި ނުލާވެސް ކުޅެފައެވެ. އޭގެ ތެރޭގައި، ސަން އޮފް ސަރްދާރް، ތީސްމާރް ޚާން، ފަގްލީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ނިރު

    ޝާހްގެ ތިޔަ ބުނާ ފިލްމްތަކުގަ ވަނީ ފެނިލުމެއް އެނުވާނެ ފިލްމެއް ކުޅެދިނީ ކަމަކަށް ދެން ކެޓް ވެސް ފިލްމެއް ނޫން ލަވައެއްގަ ފެންނަނީ

    • މީނަ

      އެއިން އެއްވެސް ފިލްމަކުން އެންމެ ސީން އެއްގަވެސް ޝާހު ފެނިފަ ނުވޭ.......

  2. އޭނާ

    ޝާހު ކުޅެފައިވާ ކަމަށް ތިބުނާ އެންމެ ފިލްމެއްގަވެސް އޭނަ ނޫޅޭ، ހަބަރެއް ލިޔާ އިރު މައުލޫމާތްތައް ރަގަޅަށް ބަލާފަ ނޫނީ ނުލިޔުމަށް އެދެން. ރީޢާން ރަޝީދު ގޫގްލް ބަލާލިނަމަ ދޯ..