ބައެއް މީހުން ދެކެމުން އަންނަ އެއް ހުވަފެނަކަށް ވާނީ ބޭރު ގައުމެއްގެ ބޮޑު ސިޓީއަކަށް ބަދަލުވެ ދިރިއުޅުމެއް ފެށުމަށެވެ. ތަފާތު ތަޖުރިބާއެއް ކޮށް ތަފާތު މީހުންނާ ބައްދަލުކުރަން ބޭނުންވާނެ މީހުންވެސް އުޅޭނެއެވެ. މީގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ބޯހިޔާވަހިކަމާއި، ކަރަންޓާއި، ފެނާއި، ކާބޯތަކެއްޗާއި، ފޭރާން ފަދަ ޒަރޫރީ ބޭނުންތަކަށް ފައިސާ ދެއްކުމެވެ.

އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް (އީއައިޔޫ) އިން ބުނާ ގޮތުގައި މިހާރު ދިރިއުޅެން އެންމެ އަގު ބޮޑީ އިސްރާއީލްގެ ޓެލްއަވީވްގައެވެ.

މި ލިސްޓު އެކުލަވާލުމުގައި ސިޓީތަކުގެ ކުއްޔާއި، ކާބޯތަކެތި ވިއްކާ އަގުތަކާއި ހިދުމަތްތައް ލިބެން ހުންނަ އަގުތައް ދިރާސާކޮށްފައިވެއެވެ.

1.ޓެލްއަވީވް

އިސްރާއީލުގެ ޓެލްއަވީވް ސިޓީ މިދިޔަ އަހަރު ފަސްވަނައިން އެއްވަނަ އަށް މައްޗަށް އަރައި، ވޯލްޑްވައިޑް ކޮސްޓް އޮފް ލިވިންގ 2021 ގެ ރިޕޯޓްގެ އެއްވަނައަށް ފުރަތަމަ ފަހަރަށް މިވަނީ އަރައިފައެވެ.

2.ޕެރިސް، ފްރާންސް

ސިންގަޕޫރާ އެކު ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ސިޓީގެ ގޮތުގައި ޕެރިސް ގެ ނަން އާ ރިޕޯޓުގައި ވަނީ ހިމަނައިފައެވެ. ޕެރިހާއި ސިންގަޕޫރު ދެ ވަނަ އަށް ދިޔައީ ޒިއުރިކް އާއި ހޮންކޮންގް އާ ވާދަކޮށެވެ. މިދިޔަ އަހަރު ކުރި ސާވޭގައި ޕެރިސް، ޒިއުރިކް އަދި ހޮންކޮންގް ވަނީ ޖޮއިންޓް އެއްވަނައަށް އަރާފައެވެ.

ދަތުރުވެރިންގެ މެދުގައި އެންމެ އަގުބޮޑު އަދި އެންމެ މަގުބޫލު އެއް ސިޓީ އަކީ ޕެރިސް ކަމަށް ވާ ސަބަބުތައް ބައިވަރެވެ. "ސިޓީ އޮފް ލައިޓް" ނުވަތަ "ސިޓީ އޮފް ލަވް" ގެ ނަމުން މަޝްހޫރުވެފައިވާ ޕެރިހުގެ މަގުތައް ސަގާފަތާއި ފަންނުވެރިކަމާއި ރީތިކަމާއި ތާރީހާ އެކު ފުރިފައިވުން ހިމެނެއެވެ. ޕެރިހުގައި ސްޓެޗޫ އޮފް ލިބަރޓީގެ މަދުވެގެން ތިން ރެޕްލިކާ މިހާރު އެބަހުއްޓެވެ.

2.ސިންގަޕޫރް

އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓް (އީއައިއޭ) އިން ބުނާ ގޮތުގައި ސިންގަޕޫރަކީ 2021 ވަނަ އަހަރު ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ސިޓީ އަށް ވެފައި، އެ ސިޓީ އަކީ ދިރިއުޅެން އެންމެ އަގުބޮޑު ސިޓީއެވެ.

ސިންގަޕޫރަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު، ވަރަށް ކުޑަކުޑަ އެކަމަކު ވަރަށް ތަނަވަސް ޖަޒީރާ ގަޤައުމެކެވެ. އުފާވެރި އަދި ރައްކާތެރި މާހައުލެއްގައި އާއިލާތައް ތަރުބިއްޔަތުކޮށް ދަރިން ތަރުބިއްޔަތު ކުރުމަށް ގައުމު ވަރަށް ފަހިއެވެ.

4. ޒިއުރިކް، ސްވިޒަލެންޑް

ޒިއުރިކް އަކީ އަޕްމާކެޓް ބޭންކިން ސިޓީއެއްގެ އިތުރުން ސްވިޒަލޭންޑުގެ ފައިނޭންޝަލް ކެޕިޓަލްއެވެ. އެހެންކަމުން، ދުނިޔޭގެ ހަތަރުވަނައަށް އެންމެ އަގުބޮޑު ސިޓީގެ ގޮތުގައި ގިނަ ފަހަރަށް ލޭބަލް ކުރެވިފައި އޮތުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.

5- ހޮންކޮންގް

ސްކައި ސްކްރޭޕާތައް އެންމެ ގިނަ ހޮންކޮންގް މަޝްހޫރުވެފައި ވަނީ އެ ގައުމުގެ ނައިޓް މާކެޓުތަކުގައި މަޝްހޫރު އެތައް ވައްތަރެއްގެ ވޮފްލްސްތަކުން ފުރިފައިވާތީއެވެ. އެކަމަކު މި ދިރުންހުރި ސިޓީއަށް އިތުރު އެތައް ކަމެއް އެބައޮތެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޙަލީ

  ކޮބާ މިލިސްޓުގެ ބާކީބައި؟ އޭގަ އިންނާނެ އަދި މާލެ މޯލްޑިވްސް ވެސް

  40
  1
 2. Anonymous

  މާލެ މޯލްޑިވްސް އަކީ އެންމެ އަގުބޮޑު އެއްތަން! އެއްވަނަ ލިބެންޖެހޭނެ!

  22
  1
 3. ޒާ

  6 ވަނާގައި އޮތީ މާލެ، މޯލްޑިވްސް. އެސިޓީގާ ބޯހިޔާވަހިކަން އިންތިހާއަށް އަގުބޮޑުވެފާ އެސިޓީގެ އަސްލު ވަޒަންވެރިންވެސް ވަންނާނެ ގޯތިގެދޮރުނެތި ނިދަނީ މުޅިއާއިލާ އެއްކޮޓަރީގަ. އެހެންވެ އިޖްތިމާއީ އެތައް މައްސަލައެއްގެ ހާއްޔެއް އެއީ. ކުއްޔާއި ބިލްތަކާއި ދެއްކޭނެ ފަދަނެތި އެތައް ބަޔަކު އުޅޭއިރު މުޅި މުސާރަ ކުއްޔަށް ދީފާ ދެއަތް ތަޅާލައިގެން ސަލާންޖަހަން ޖެހިފަވާ ރައްޔިތަކު އުޅޭ އަގުބޮޑު ސިޓީއެއް މާލެއަކީ.

  11
  1
 4. ޗ

  ތި ލިސްޓަ ތިއޮތީ ކިރިޔާވެސް މުޒާހަރާ އެއް ކޮށްލާ އިރައް ޖަލައް ގެންދާ ގައުމުތައް،،،،

  10
  2