އާންމުކޮށް އިސްތަށިގަނޑަށް ދިމާވާ މައްސަލައަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުން ތަޖުރިބާ ކުރާ ކަމެކެވެ. އެއީ ޕޮލިއުޝަން ނުވަތަ ސްޓްރެސްގެ ސަބަބުން ވިޔަސް ނުވަތަ ހަމައެކަނި ހެއާ ކެއާ ރޫޓީންއެއް ނެތުމުގެ ސަބަބުން ވިޔަސް އިސްތަށި ފައިބާ ތަޖުރިބާ ކުރުމަކީ ވަރަށް ހިތްދަތިވާ ކަމެކެވެ.

ކާށި ތެލަކީ ބޮލުގެ އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް، އިސްތަށިގަނޑު ވެއްޓުން ކުޑަކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކާށި ތެލަށް އިތުރު ބާވަތްތައް އެއްކޮށް ތެލުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައިވެސް ހިފިދާނެއެވެ. މި ބަލާލަނީ ކާށިތެލަށް އިތުރު ބާވަތްތައް އެއްކޮށް ތެލުގެ ފައިދާ ހޯދޭނެ ގޮތްތަކަށެވެ.

ކާށިތެލާއި މާމުއި

މާމުއިއަކީ އިސްތަށިގަނޑުގެ ތެތްކަން ހިފަހައްޓައިދީ އިސްތަށިގަނޑަށް އަލިކަން އިތުރުކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ފަސޭހައިން ތައްޔާރުކޮށްފައިވާ މި ހެއާ މާސްކަކީ އިސްތަށިގަނޑަށް ވަރަށް ފައިދާހުރި މާސްކެކެވެ. ހަމައެކަނި ކުރަން ވީ ކަމަކީ:

މޭޒުމަތީ އެއް ސަމުސާ ހޫނު ކާށިތެޔޮ އަދި މޭޒުމަތީ އެއް ސަމުސާ ނެޗުރަލް މާމުއި އެއް ބޯތައްޓެއްގައި އެއްކުރާށެވެ. އޭގެ ފަހުގައި މި ހެއާ މާސްކް އަޅައިގެން 20 ވަރަކަށް މިނެޓު ވަންދެން ބޮލުގެ އިސްތަށިގަނޑު ބަހައްޓާށެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ހޫނު ފެނުން ރަނގަޅަށް ދޮވެލާށެވެ.

ކޮކޯ-ލެމަން ހެޔާ މާސްކް

ލުނބޯ އަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ، ކޮލަޖަން އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ކޮލަޖަން އަކީ އިސްތަށިގަނޑުގެ ހެދިބޮޑުވުމަށް ބާރުއަޅާ އެއްޗެކެވެ. މީގެ އިތުރުން ލުނބޯގެ އެންޓިފަންގަލް ނޭޗާ އަކީ ގްރީސް މަދުކޮށް، ބޮލުގެ އިސްތަށިގަނޑު ސާފުކޮށް ބަހައްޓައި، ޕޯސްތައް އަންކްލޮގް ކޮށްދޭ އެއްޗެކެވެ. މި މާސްކް ހެދުމަށް އެއް ސަމުސާ ކޮކޮނަޓް ބޭސްޑް ހެއާ އޮއިލް(ކާށި ތެޔޮ) އާއި އެއް މޭޒުމަތީ ސަމުސާ ލުނބޯ ހުތް ތަށްޓަކަށް އަޅައި އެއްކޮށްލާށެވެ. މި މިކްސްޗަރ އިސްތަށިގަނޑުގައި ލުމަށްފަހު 15 މިނެޓު ވަންދެން ބަހައްޓާށެވެ. ދެން ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.

ކޮކޮނަޓް އެންޑް ބަނާނާ ހެއާ މާސްކް

ހެއާ މާސްކް ހަދަން ފަސޭހަ އެހެން އެއްޗަކަށް ކޮކޮނަޓް(ކާށި ތެޔޮ) އަދި ދޮންކެޔޮ ހިމެނެއެވެ. ދޮންކޭލަކީ އަހަރެމެންގެ އިސްތަށިގަނޑު އޮމާންކޮށް، ގުދުރަތީ އިލާސްޓިސިޓީ ހިފަހައްޓައިދީ، ސްޕްލިޓް އެންޑްސް އަދި އިސްތަށިތައް ވަކިވުން ދުރުކޮށްދޭ އެއްޗެކެވެ. ބްލެންޑަރެއްގައި ދެބައިކުޅަ އެއްބައި ދޮންކެޔޮ އާއި އެއް މޭޒުމަތީ ސަމުސާ ކޮކޮނަޓް ބޭސްޑް ހެއާ އޮއިލް(ކާށި ތެޔޮ) އެއްކޮށްލުމަށްފަހު ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ދެބައި ރަނގަޅަށް އެއްވުމުން ބޯތައްޓަކަށް އެޅުމަށްފަހު ބޮލުގެ އިސްތަށިގަނޑު ރަނގަޅަށް މަސާޖުކޮށްލާށެވެ. ދެން 20 މިނެޓު ވަންދެން ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.

ކޮކޮނަޓް އެންޑް އެގް ޔޯކް ހެއާ މާސްކް

ކުކުޅު ބިހުގެ ހުދު ބަޔަކީ ހަލާކުވެފައިވާ އިސްތަށިތައް މަރާމާތުކޮށް، އިސްތަށިގަނޑު އިތުރަށް ހަލާކުވިޔަ ނުދީ ރީތިކުރުމަށް އެހީވެދޭ އެއްޗެކެވެ. މި މާސްކް ހެދުމަށް އެއް ބިހުގެ ހުދުބައި ތައްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް ކޮކޮނަޓް ބޭސްޑް ހެއާ އޮއިލް(ކާށި ތެޔޮ) އަދި ދެ މޭޒުމަތީ ސަމުސާ ލުނބޯ ހުތް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އިސްތަށިގަނޑުގައި ރަނގަޅަށް ހާކާލާށެވެ. ވިހި މިނެޓު މަޑު ވަންދެން މަޑުކޮށްލުމަށް ފަހު ފިނިފެނުން އިސްތަށިގަނޑު ދޮވެލާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށސސ

    ޔޯކް އަކީ ރީނދޫ ބައި