މަގުބޫލު ވެގެންދިޔަަ ފިލުމު "މިރްޒާޕޫރު" ގެ އެކްޓަރެއް ކަމުގައިވާ ބްރަމަސްވަރޫޕް މިސްރާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިސްރާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު މުމްބައިގައި އޭނާ ދިރިއުޅޭ ގެއިންނެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިސްރާ މަރުވީ ފާާހާނާ ތެރޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންއެވެ.

ފުލުހުންނަށް މި ހަބަރު ދީފައިވަނީ އިމާރާތުގައި ދިރިއުޅޭ ބައެކެވެ.

މިސްރާގެ އެޕާޓްމަންޓުން އާދަޔާ ހިލާފު ވަހެއް ދުވާތީ އާއި މިސްރާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް އެންގީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފާހާނާގެ ދޮރު ވެސް ހުރީ ތަޅުލެވިފައި ކަމަށާއި އިތުރު ތަޅުދަނޑި އެއް ހައްދައިގެން ފާހާނާ ހުޅުވާ ބެލި އިރު މިސްރާ އޮތީ މަރުވެފައެވެ.

ފަހުން ޑޮކްޓަރުން ބެލުމަށް ފަހު ބުނެފައި ވަނީ މިސްރާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

މިސްރާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު މަދްޔަ ޕްރަދޭޝްގައި ދިރިއުޅޭ އޭނާގެ ބޭބެ ސަންދީޕްއަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ހަށިގަނޑުގެ ހާލަތަށް ބަލާފައި ފުލުހުން ބުނެފައި ވަނީ މިސްރާ މަރުވިތާ ގިނައިރުތަކެއް ވެފައިވާ ކަމަށެވެ.

މިސްރާގެ ހަށިގަނޑު މިހާރު ވަނީ އޮޓޮޕްސީ ހެދުމަށް ގެންގޮސްފައެވެ.

މިސްރާ މުމްބާއީގެ އެ ގޭގައި ދިރިއުޅޭ ތާ ހަތަރު އަހަރުވެއްޖެއެވެ.

މިރްޒާޕޫރު ގެ އިތުރުން އުމުރުން 36 އަހަރުގެ މިސްރާ ކުޅެފައިވާ ބައެއް ފިލުމު ތަކަކީ ސުޕަރ 30، ޑަންގަލް، ކޭސަރީ ފަދަ ފިލުމުތައް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު