އިންޑިއާގެ ކަންޕޫރްގައި ހުންނަ ސަރުކާރު އޮފީހެއްގެ ފައިލެއް ހިފައިގެން ބަކައްޓެއް ފިލާ މަންޒަރު ފެންނަ ވީޑީއޯއެއް މީސް މީޑިއާގައި ދައުރުވެއްޖެއެވެ.

މިހާރު ދައުރުވަމުންދާ އެ ވީޑިިއޯއިން ފެނިގެން ދަނީ ބަކަރިއެއް ކަރުދާސްތައް ހިފައިގެން ދުވާ މަންޒަރެވެ. އަދި އޭތީގެ ފަހަތުން މީހަކު ދާ މަންޒަރުވެސް ފެނެއެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނީ، އެ ބަކަރި ކަންޕޫރްގެ އޮފީހުގެ ހުސް ކޮޓަރިއަކަށް ވަދެ އިރުކޮޅެއް ފަހުން ނުކުތީ ގަނޑުތަކެއް އޭތީގެ ައަނގައިން ބާރަށް ހިފަހައްޓައިގެން ކަމަށެވެ. އަދި އެކަން ސަމާލުކަން އައީ ބޭރުގައި އިށީންދެގެން ތިބި މުވައްޒަފުންނަށް ކަމަށް ބުނެފައި ވެއެވެ.

މިއާއެކު މުވައްޒަފަކު އެ ބަކަރީގެ ފަހަތުން ދުވާ މަންޒަރު އެ ވީޑިއޯއިން ފެނިގެން ދެއެވެ. އަދި އެ ގަނޑުތައް ދޭން އެދޭ އަޑުވެސް އެ ވީޑިއޯއިން އިވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު ޗައުބޭޕޫރު ބްލޮކްގައި ހުންނަ ޕަންޗާޔަތު ސެކްރެޓަރީގެ އޮފީހުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މުވައްޒަފަށް ބައެއް ގަނޑުތައް ލިބޭ ގޮތް ވިއެވެ. ނަމަވެސް ބަކަރި ދަތް އަޅާފައި ހުރުމުން ބައެއް ގަނޑުތައް ހުރީ ވީދައިގެން ގޮސްފައި ކަމަށް ބުނެފައި ވެއެވެ.

އެ އޮފީހުން ބުނީ، އެ ބަަކަރި ގެންދިޔައީ ހަމައެކަނި ގަނޑުތަކެއް ކަމަށާއި، އޭގައި އެއްވެސް އޮފިޝަލް ޑޮކިއުމެންޓްތަކެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަނިކޭމަގޭ

  ރާއްޖޭގަ ސަރުކާރު އޮފީސް ތަކުން ތިޔަކަހަލަ ވައްކަން ކޮށް އުޅެނީ "ސަންފައޮނަށް ލައިގެން ވެސް ނަގޫ ސީދާ ނުވާ" ވައްތަރުގެ ޖަނަވާރު... ރާއްޖޭ ބަކަރިތައް ހަމަ އޯކޭ...

  12
 2. އަމީތާބް

  ސަރުކާރުގެ އޮފީސްވެސް ހަދާފަ ހުންނަނީ ބަކަރިކޮއްޓެއްގަތަ؟

  21
 3. ޜަ

  މިހާރުން މިހާރަށް ބަކަރި ހައްޔަރު ކުރަން ގޮވާލަން