ރޭޕާއި ޖިންސީ ގޯނާ ކުރުން މިވަނީ ހައްދު ފަހަނަ އަޅާ ގޮސްފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އަމިއްލަ ބައްޕަގެ ފަރާތުންވެސް ޖިންސީ ގޯނާ ލިބޭ ފަރާތްތަށް އެބައުޅެއެވެ.
އެގޮތުން އޮސްޓްރޭލިއާއަށް ނިސްބަތްވާ އެލިޒަބެލް ފްރިޓްޒަލް އަކީ އަމިއްލަ ބައްޕަގެ އަނިޔާވެރިކަމުގައި 24 އަހަރު ހޭދަކުރަން ޖެހުނު އަންހެނެކެވެ.
އެލިޒަބެތް ރަހީނުކޮށްގެން 24 އަހަރުވަންދެން ގެންގުޅިފައިވަނީ އޭނާގެ ބައްޕަކަމަށްވާ ޖޯސެފްއެވެ. އުމުރުން އެންމެ 18 އަހަރުގައި ރަހީނުކޮށްގެން އެލިޒަބެތް ގެންދެވުނީ އޭނާ ދިރިއުޅެމުންދާ ގޭގެ އަޑީގައި ހަދާފައި ހުރި ކޮޓަރިއަކަށެވެ.
އެލިޒަބެތް ގެއްލިގެން އެގައުމުގެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު އެލިޒަބެތްގެ ބައްޕަ ފުލުހުންނަށް ބުނީ އެލިޒަބެތް ފިލީ ކަމަށެވެ. އަދި އޭނާ ފިލީ ލޯބިވެރިޔާ އާއި އެކުގައި ކަމަށްވެސް ޖޯސެފް ވަނީ ތުހުމަތުކޮށްފައެވެ.
ގޭގެ އަޑީގައި ހަދާފައި ހުރި ކޮޓަރީގައި އެލިޒަބެތު ގެންގުޅިފައިވާއިރު ބަރަނަހާ ވީޑިއޯއާއި ފޮޓޯދައްކައިގެން ކޮންމެ ދުވަހަކު އޭނާއަށް ޖިންސީ ގޯނާ ކުރާ ކަމުގައި އެލިޒަބެތު ވަނީ ބުނެފައެވެ. އަދި އުމުރުން 19 އަހަރުގައި ބައްޕަގެ ދަރިއަކަށް ބަނޑުބޮޑުވި ކަމަށާއި ނަމަވެސް ބައްޕަގެ އިންޒާރަށް އެ ކުއްޖާ ވައްޓާލީ ކަމަށް އެލިޒަބެތް ވަނީ ބުނެފައެވެ.
އަދި އޭގެ ފަހުން ހޭދަވި ދިގު މުއްދަތުގެ ތެރޭގައި އެލިޒަބެތް 7 ފަހަރު ބަނޑުބޮޑުވެފައިވާއިރު އޭނާ ވަނީ 6 ކުދިން ވިހާފައެވެ. ހަތަރު އަންހެން ކުދިންނާއި 2 ފިރިހެން ކުދިން އެލިޒަބެލް ވިހި އިރު އެކުދިންނާއި އޭނާއަށް ބޭނުންވާ ކާނާއާއި ފެން ފޯރުކޮށްދެނީ ބައްޕަ ޖޯސެފް ކަމަށްވެސް އެލިޒަބެތް ބުނެފައިވެއެވެ.
އަދި އެ ކުދިންގެ އުމުރުން 2 އަހަރުގައި އެލިޒަބެތް އާއި ވަކިކޮށްފައިވާއިރު ބައްޕަ ވަނީ އޭނާ އެންމެ ފުރަތަމަ ވިހޭ އަންހެން ކުއްޖާވެސް ލޮލު ކުރިމަތީގައި ރޭޕްކޮށްފައި ކަމަށް އެލިޒަބެތް ބުނެއެވެ.
2008 ވަނަ އަހަރުގެ ތެރޭގައި އެލިޒަބެތަށް މިނިވަންކަން ލިބުނު އިރު އޭނާގެ މުޅި ހަޔާތް ވަނީ އަނިޔާވެރި ބައްޕައަކު ބަރުބާދުކޮށްލާފައެވެ. އެލިޒަބެތް ރަހީނުކުރި މައްސަލައިގައި އޭނާގެ ބައްޕަ ޖޯސެފް އުމުރަށް ޖަލަށް ލެވިފައިވާއިރު އެލިޒަބެތްއާއި އޭނާގެ ދަރިންނަށް އޮސްޓްރޭލިއާގެ ސިއްރު އަވަށެއް ކަމަށްވާ އެކްސް ވިލޭޖުން ވަނީ ގެއެއްދީފައެވެ. އަދި އެ ގޭގެ ސެކިއުރިޓީ ކަންކަން އެގައުމުގެ ފުލުހުން ބަލަހައްޓަމުން ގެންދާއިރު އެލިޒަބެތުގެ ކެތްތެރިކަމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
މިނުބައި ޖަރީމާ ހިންގާފައިވަނީ "އޮސްޓްރިއާ" ގަ އެވެ. އޮސްޓްރޭލިއާ އަކު ނޫނެވެ. އަދި އެލިޒަބަތު ރަހީނުކޮށްގެން އޭނަގެ ބައްޕަ ގެންގުޅުނީ ގޭގެ ބިމުއަޑީގެ ބިންގަރާއްސެއްގައި ހަދާފައިިވާ، ހަނިހަނި އެޕާރޓްމަންޓެއްގަ އެވެ. ކޮޓަރިއަކު ނޫނެވެ.
24 އަހަރުވަންދެން ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ތަހައްމަލް ކުރަން ޖެހުނޯ.
އުމުރުން އެންމެ 18 އަހަރުގައި ރަހީނުކުރިއޯ. އެހެންވީމާ 6 އަހަރު ވަންދެނެއްނު ރޭޕް ކުރީ. އިނގޭ ރޭޕް އަކީ މައްސަލައެއްކަން އެކަމަކު ޚަބަރު ލިޔާއިރު ދެކޮޅު ޖެހޭ ގޮތަށް ލިޔާ އެއްޗަކާ ދިމާވާ ގޮތަށް ލިޔެބަލަ. އެހެންނޫނީ އެޑިޓަރެއް ނޫނީ ޕްރޫފް ރީޑް ކުރާނެ މީހެއް ހޯދަބަލަ. ވަރަށް ސަލާން.
ރަހީނު ކުރުމުގެ ކުރިން ޖިންސީ ގޯނާ ކޮށްފިއްޔާ އެބުނާ އަހަރު ދިމާވެދާނެތަ؟
6 އަހަރުން 6 ކުދިން ލިބޭނީ ކިހިނެއް.
އަހަރަކު ކުއްޖަކު ހޯދީމަ އޮންނާނީ 6 އަހަރުން ދަރިއަކު ލިބިފަ
އޭގަ އެބުނަނީ 24 އަހަރު މެދުނުކެނޑި ކަމެއް ކުރިވާހަކަ އެއީ އުމުރުގެ ވާހަކައެއްނޫން. އަދި އޭގަ ބުނާގޮތުން އންހެން މީހާގެ އުމުރަކައް ވާނީ 42 އަހަރު.
މިކަހަލަ މީހުންނަށް ވެސް ބައްޕަ މި ބަސް ބޭނުން ކުރާތީ ދެރަޔި. މަރަށްވީ އެންމެން ކުރިމަތީގަ
އެހެނަކުންނޫން! ބައްޕަގެ ނަން މިހާރުވަނީ ޑެޑީ އަށް ބަދަލުވެފަ! އަހަރުމެން ދިވެހިންވެސް ރީތިކޮށްލަން ދަރިންލައްވައި ގޮވައި ހަދަނީ ޑެޑީ މިހެންނެވެ. އެހެންވީމާ ވެގެން އުޅޭ ގޮތެއް އެއީ! ދެން ބަލަން ތިބެގެން ކިޔާނެ ހާދަލޯތްބޭ ގޮވާލެއް!
އަނިޔާ ލިބުނު މީހާގެ ފޮޓޯ މިހެން އާންމުކުރެވޭތަ؟
އޮސްޓުރިޔާ
ހުއް..ބައްޕަޔޯ..ލަދުން މަރުވާވަރުވޭ...
ތި ކަހަލަ މީހުންނަށް ބައްޕައޭ ކިޔުން ހައްގެއް ނުވާނެ!! ބައްޕަ ހުންނަނީ ދަރިން ހިމާޔަތް ކުރަން. ތިކަހަލަ މީހުން ރަނގަޅުވާނެ ސައިންޓިސްޓުންނަށް ދޭން ނުލަފާ ވައްތަރު ވައިރަސް ތަކަށް އެކްސްޕެރިމެންޓް ކުރަން.
ލޮލް..
ޗީ ބައްޕަ އޭ