އޮފީހުގެ މަސައްކަތެއް ނުވަތަ ފައިސާގެ ކަމެއްގައި ނޫން ނަމަ ޒާތީ ކަމެއްގައި ވެސް ބައިވެރިޔާއާ މަޝްވަރާ ކުރުމުން އެކަން ނިމެނީ ދެބަސްވުމަކުން ހެއްޔެވެ؟ އެކަމުން އަންނަ ރުޅިން ދެމީހުންގެ ގުޅުމަށް ބުރޫއަރާ ފަހަރު ވެސް އާދޭ ހެއްޔެވެ؟

އެގޮތަށް ވާނަމަ، މިއީ ހާސްވާން ޖެހޭ ކަމެއް ނޫނެވެ.

މިއީ ވަރަށް ފަސޭހައިން ހައްލު ކުރެވިދާނެ ކަމެކެވެ. މި މައްސަލަ ހައްލު ކުރުމަށް ބައިވެރިޔާއާ ވާހަކަ ދައްކާއިރު މި ކަންތައްތަކަށް ސަމާލުވާން ޖެހޭނެއެވެ.

ދައްކާ ވާހަކަ އަޑުއެހުން

ގިނަ ފަހަރަށް ދެބަސްވާން ޖެހޭނީ ދެކެވޭ ވާހަކަ ރަނގަޅަށް އަޑުނޭހޭތީއެވެ. ތިމާގެ ވާހަކަ ސާބިތު ކޮށްދިނުމަށް ވާހަކަ ދެކެވޭ ގޮތަށް ބައިވެރިޔާގެ ވާހަކަތައް ވެސް އަޑުއެހުން ވަރަށް މުހިންމު ވާނެއެވެ. ބައިވެރިޔާ ދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ނަމަ، ރުޅި އައުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ވިސްނާދެވޭތޯ މަސައްކަތް ކުރާށެވެ.

ދައްކާ ވާހަކަ މެދު ކަނޑާނުލުން

ބައިވެރިޔާ ވާހަކަ ދައްކަމުން ދާއިރު އޭނާގެ ވާހަކަ މެދުކަނޑާ ނުލާށެވެ. އޭނާ ދައްކާ ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ނުނިންމާށެވެ. އޭނާގެ ވާހަކަތައް ނިމި ތިބާއަށް ފުރުސަތު ލިބެންދެން މަޑުކުރާށެވެ. ނޫންނަމަ މައްސަލަ އިތުރަށް ގޯސްވެ، ދެބަސްވާން ޖެހިދާނެއެވެ.

މާޒީގެ ވާހަކަތައް ނުގެނައުން

ކުރިން ބައިވެރިޔާ ބުނި ގޮތް ހަދައިގެން މައްސަލަ އިތުރަށް ގޯސްވުން ނުވަތަ ތިބާ ދެއްކި ވާހަކަތައް ބައިވެރިޔާ ކުރިން އަޑުނޭހުން ފަދަ ކުރީގެ ވާހަކަތައް ނުގެންނާށެވެ. މާޒީއަށް ނުވިސްނާ މުސްތަގުބަލަށް ވިސްނާ މީހަކަށް ވާންވާނެއެވެ. މާޒީގެ ވާހަކަތައް ގެނައުމަކީ ދެބަސްވާން ޖެހޭނެ ކަމެކެވެ.

އެހެންކަމުން ވާހަކަ ދެއްކުމުގައި ސަމާލުވުމުން ބައިވެރިޔާއާއި ވާ ދެބަސްވުންތަކުން ދުރުވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާކު

    ޢެއްޗެއް ބޭރުވެގެން..

    1
    1