ލިޔުމުން ކުރެވޭ ނުރަސްމީ މުއާމަލާތްތަކުގައި އެންމެ ގިނައިން ބޭނުން ކުރެވޭ އެކައްޗަކީ އިމޯޖީއެވެ. ތަފާތު އެކްސްޕްރެޝަންތައް ދައްކުވައި ދިނުމަށް އެތައް ބައިވަރު އިމޯޖީއެއް ހުރެއެވެ.

ހިތުގެ އިމޯޖީ އާއި ދެރަވުމާއި އުފާވުމާއި ލޯބިވުމާއި ނިދުމާއި، މިހެން ގޮސް އެތައް އިހުސާސްތަކެއް ދައްކުވައިދޭ އިމޯޖީ ހުރެއެވެ. މި ހުރިހާ އިމޯޖީއެއްގެ ތެރެއިން މި އަހަރު އެންމެ ގިނަ މީހުން ބޭނުން ކުރި އިމޯޖީއަކީ ކަރުނައާއެކު ހޭ އިމޯޖީއެވެ.

މި އިމޯޖީ އަކީ 2017 ވަނަ އަހަރުން ފެށިގެން އެންމެ ގިނައިން މީހުން ބޭނުން ކުރާ އިމޯޖީގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އިމޯޖީއެވެ. މި އަހަރު ވެސް އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ މި އިމޯޖީއެވެ.

ލޯބި ދައްކުވައިދިނުމަށް ބޭނުންކުރާ ހިތުގެ އިމޯޖީ ވަނީ މި ލިސްޓުގެ ދެވަނައިގައި ހިމެނިފައެވެ. ޔުނިކޯޑު ކޮންސާޓިއަމްގެ ޑާޓާ ތަކުން ދައްކާގޮތުގައި މި އަހަރު ކަރުނައާއި އެކު ހޭ އިމޯޖީއަށް އެންމެ ގިނަ މީހުން ބޭނުން ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ މީހުން ބޭނުން ކޮށްފައިވާ އިމޯޖީއަކީ ހިތުގެ އިމޯޖީއެވެ.

މި ލިސްޓުގެ ތިންވަނައިގައި ހިމެނެނީ ''ރޯލިން އޮން ފްލޯ ލާފިން'' އެމޯޖީއެވެ. އަދި ހަތަރު ވަނައިގައި ހިމެނެނީ މަސައްކަތު މާހައުލުގައި އެންމެ ގިނައިން ބޭނުން ކުރެވޭ އިމޯޖީކަމުގައިވާ ''ތަމްސް އަޕް'' އިމޯޖީއެވެ. ފަސްވަނައިގައިހިމެނިފައިވަނީ ބާރަށް ރުއިމަށް ބޭނުން ކުރާ އިމޯޖީއެވެ.

ޔުނިކޯޑުގެ ޑާޓާއިން ދައްކާ ގޮތުގައި އޮންލައިންކޮށް ކުރެވޭ މުއާމާމަލާތް ތަކުގައި 92 އިންސައްތަ މީހުން އިމޯޖީ ބޭނުން ކުރެއެވެ.

މިހާރު އޮންލައިންކޮށް ބޭނުން ކުރެވޭ 3663 އިމޯޖީ ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު