ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަކީ ރޮނާލްޑޯ ކަމަށް ދެކޭ ގިނަ މީހުންނަށް ރޮނާލްޑޯ އެނގުނަސް އޭނާއާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ނޭނގެއެވެ. އެހެން ކަމުން ދިވެހިންގެ ތެރެއިން ރޮނާލްޑޯއަށް މަރުދޭ ކުޅިވަރުގެ ފޭނުންނަށް ޚާއްސަކޮށް ރޮނާލްޑޯގެ ބައެއް މައުލޫމާތުތައް ހިއްސާކޮށްލާނަމެވެ. ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ހޯދާފައިވާ ކާމިޔާބީތައް ނޭނގޭ މީހުން މަދުވާނެ ކަމުން އޭގެ ތަފްސީލަކަށް ނުދާނަމެވެ.

ރޮނާލްޑޯ އަކީ ކާކު؟

އެންމެންވެސް ރޮނާލްޑޯ ދަންނަނީ ރެއަލް މެޑްރިޑުގެ ފޯވާޑު އަދި، ޕޯޗުގަލްގެ ގައުމީ ޓީމުގެ ހީރޯގެ ގޮތުގައެވެ. އޭނާގެ އުމުރަކީ 33 އެވެ. އުފަންދުވަހަކީ ފެބްރުއަރީ ފަހެއް 1985 އެވެ.

ރޮނާލްޑޯގެ ނެޓް ވޯތަކީ ކިހާވަރެއް؟

ސެލެބްރިޓީ ނެތް ވޯތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭނާގެ ނެޓް ވޯތަކީ 400 މިލިއަން ޑޮލަރެވެ. އަދި އޭނާގެ މަހު މުސާރައަކީ 57 މިލިއަން ޑޮލަރެވެ.

ރޮނާލްޑޯ ފައިސާ ހޯދަނީ ކިހިނެއް؟

ރޮނާލްޑޯ އޭނާގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދާ ހޯދާފައިވަނީ ފުޓްބޯޅަ ކުޅެގެންންނެވެ. މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅަދާނަ ފޯވާޑުގެ ރޯލުން އޭނާ ފުޓުބޯޅައިގެ ދުނިޔޭގައި މަޝްހޫރުކަން ހޯދީ 2003 ވަނަ އަހަރު އެ ކްލަބަށް ކުޅުމަށްޓަކައި ސޮއި ކުރި 12.2 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓާ އެކުއެވެ. އެއީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. އެއަށްފަހު އެ ކޮންޓްރެކްޓު ދެ ފަހަރަކަށް އޭނާ އެކްސްޓެންޑު ކުރިއެވެ. އެ ކޮންޓްރެކްޓުގެ އަގަކީ 31 މިލިއަން ޑޮލަރެވެ.

އެއަށްފަހު 2009 ވަނަ އަހަރު މުޅި ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައީ އޭނާ ރެއާލް މެޑްރިޑްއަށް ސޮއި ކުރި ޚަބަރެވެ. އެ ކޮންޓްރެކްޓުގެ އަގަކީ 150 މިލިއަން ޑޮލަރެވެ.

މީގެ އިތުރުންވެސް އެކި ސްޕޮންސާތަކާއި އެންޑޯޒްމެންޓުތަކުންވެސް ރޮނާލްޑޯ މިލިއަނުން ފައިސަ ހޯދައެވެ. އޭނާ އަށް ސްޕޮންސާ ދޭ ކުންފުނިތަކުގެ ތެރޭގައި ނައިކީ އާއި ޓެގް ހިއުއާއި ހާބަލައިފް ހިމެނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބެނީ ރޮނާލްޑޯއަށް!

މިދިޔަ އަހަރު ފޯބްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު މުސާރައެއް ލިބުނު ފުޓުބޯޅަ ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. އާމްދަނީގެ ގޮތުގައި އޭނާއަށް މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 93 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭނާގެ އެންމެ ވާދަވެރި ލިއޮނެލް މެސީއަށް ލިބިފައިވަނީ 80 މިލިއަން ޑޮލަރެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާއަކީ ކާކު؟

ދެހާސް ސޯޅަ ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން ރޮނާލްޑޯ އަންނަނީ ސްޕެއިނަށް އުފަން ޖޯޖިއާ ރޮޑްރިގޭޒް ނަމަކަށް ކިޔާ މޮޑެލްއަކާ ޑޭޓްކުރަމުންނެވެ.

ޖޯޖިއާގެ އަންހެން ދަރިއެއް ހުންނަ އިރު ރޮނާލްޑޯގެވެސް އަށް އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބުރީލު

    ނޭނގޭ ވާހަކަ ނުދައްކަބަލަ

  2. ލައިނޮލް މެސީ (ގޯޓް)

    އެގޭކަށް ބޭނުމެއް ނެތް! މެސީ އިޒް ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް. ތޭންކްސް.