އެންމެ ފަހުގެ ޓެކް އުފެއްދުންތައް ގަތުމުގެ ކުރިން ވަރަށް ގިނަ މީހުން އެކަމާ ވަރަށް ބޮޑަށް ވިސްނައެވެ. އައިފޯން 13 ނެރެފައިވާ އިރު މި ފޯނަށް ވަރުގަދަ ރިވިއުތަކެއް ވަނީ ލިބިފައެވެ. އެއީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ މޮޅު ފޯނަށް ވާތީއެވެ. އެއާ އެއްފެންވަރުގެ އެއްވެސް ފޯނެއް އަދި އެޕަލް އިން ނެރެފައެއް ނުވެއެވެ. ހަމަ އެއާއެކު އައިފޯން 14 ގެ ވާހަކަތައް ހޫނުވާން ފަށާފައިވާ އިރު، މިއަށް ވުރެ ވެސް ބޮޑު ބަދަލަކާއި ގިނަ ފީޗާސްތަކަކާއެކު އައިފޯން 14 ނެރޭނެ ވާހަކަ ފެންމަތިވުމުން އައިފޯން 13 ގަތުން މަޑުޖައްސާލާފައި އެތައް ބަޔަކު އެބަތިބިއެވެ.
ސަޕްލައި ޗެއިންގެ މައްސަލަތަކުގެ ސަބަބުން އެޕަލް އިން ވަނީ ގިނަ ޓެކް ކުންފުނިތަކެއް ވެސް ހިމަނައިފައެވެ. އައިފޯން 13 ހެދުމަށް ބޭނުންވާ ހުރިހާ ބައިތަކެއް ލިބުމުގައި އެޕަލް އަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން އައިފޯން 13 ގެ ސަޕްލައިތައް، ހާއްސަކޮށް ޕްރޯ މޮޑެލްތަކަށް ލިމިޓްވެއެވެ.
އައިފޯން 14 ގައި ހުންނާނެ ކަމަށް ބެލެވޭ ފީޗާސްތައް:
އައިފޯން 13 ނެރުނީ ސެޕްޓެމްބަރު ފަހުކޮޅުގައިއެވެ. ފަހުގެ ފޯނު ނެރުނުތާ ގިނަ މަސްތަކެއް ނުވަނީސް އެޕަލް އިން މިހާރު ދަނީ އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ އައިފޯނުގެ މަސައްކަތް ފަށާފައެވެ. އައިފޯން 14 އަށް އިންތިޒާރުގައި މަދުވެގެން ނުވަ މަސް ދުވަސް ހޭދަކުރަންޖެހެއެވެ. އެ ފޯނަށް އިންތިޒާރުކުރަންވީ ސަބަބުތަކަށް ބަލާލާނަމެވެ.
އެންމެ އަވަސް ޕްރޮސެސާ
އާ ކޮންމެ އައިފޯނެއް ނެރޭއިރު އެ ފޯނެއްގެ ޕްރޮސެސާ އަވަސްކަން ފާހަގަ ކުރެވެއެވެ. މިއަހަރު ނެރުނު އައިފޯން 13 އަށް ބަލާލި ނަމަވެސް އެކަން ފާހަގަ ވާނެއެވެ. މިއަހަރުގެ ފޯނު ނެރެން ބޭނުންވި ގޮތަށް ނުނެރެވުނުކަން ހާމަވަނީ ފޯނަށް ބޮޑު ބަދަލުތަކެއް ނާންނާތީއެވެ. އެއީ ދުނިޔެއަށް ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފޯނު އުފެއްދުމަށް ސަޕްލައި ލިބުން ދަތިވުމުން ކަމަށް ވަނީ އަޑުފެތުރިފައި އެވެ. ނަމަވެސް އަންނަ އަހަރުގެ ފޯނަށް މިފަދަ ކަމެއް ދިމާނުވާނެ ކަމަށް ބެލެވެއެވެ.
އާ މޮޑެލްގެ ކުޑަބޮޑުމިން
އައިފޯން 14 ގައި މިނީ ވާޝަން އެއް ނެރޭނެ ވާހަކަތަކެއް ފެތުރިފައި ނުވެއެވެ. އޭގެ ސަބަބުން ކުޑަ ފޯންތައް ގެންގުޅޭ ފަރާތްތަކަށް އުނދަގޫތަކެއް ކުރިމަތިވާނެއެވެ. އެޕަލް އިން އައިފޯން 14 މެކްސް ނެރެފި ނަމަ، މިހާރުގެ ޕްރޯ މެކްސް މޮޑެލްތަކުގެ އަގު ހުރި ވަރަށް ވުރެ ކުޑަ އަގެއްގައި ލިބޭނެއެވެ.
ޓަޗް އައިޑީ އެނބުރި އަންނާނެ
ޓަޗް އައިޑީ އައިފޯނުގައި ކުރީގައިވެސް ހުރެއެވެ. ނަމަވެސް ރައްކާތެރިކަން ޔަގީންކުރުމަށް ފަހުން ޓަޗް އައިޑީ ވަނީ ނަގާފައިއެވެ. އޭގެ ފަހުން ހުސް ބޭނުންކުރަމުން އައި ފޭސް އައިޑީއެވެ. އައިފޯނަށް ޓަޗް އައިޑީ ގެންނަން ބޭނުންވާ އެތައް ބަޔަކު އެބަ ތިއްބެވެ.
ގަންނާނީ ހަމަ ސެމްސަންގް އެއް
ސެމްސަންގް ފޭންސް އަދި ކީއްކުރަންތަ މިހަބަރު ކިޔަނީ
އައިފޯން 25 ނެރެންދެން މަޑު ކޮއްލައިގެން މިހުރީ.
އެންމެ ރަނގަޅީ ހަމަ ނޮކިޔާ ބައްތި