ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިފައިވާ އިރު މި ބަލިމަޑުކަމުން އަރައިނުގަނެވިފައި އޮއްވާ އަނެއްކާ މިވަނީ މީގެ އާ ވޭރިއެންޓެއްގެ ބިރުވެރިކަން ފެތުރިފައިއެވެ. ކޮވިޑް ޖެހުމަށްފަހު އުމުރުދުވަހަށް އޭގެ އަސަރު ހަށިގަނޑުން ފެންނައިރު ބައެއް މީހުންގެ ދިފާއީ ނިޒާމު ބަލިކަށިވެ ކާއެއްޗެހީގެ ރަހަ ކެނޑި ދުވާ ވަސް ވެސް ބަދަލުވެއެވެ.

މިފަދަ އެތައް ކަމެއް ތަޖުރިބާކުރާ މީހުން ތިބިއިރު އެމެރިކާގެ ނިއު ޖާޒީގެ މެންދަމް އަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ނަތާލިއާ ކެނޯ ނަމަކަށް ކިޔާ އަންހެނަކު ބުނާ ގޮތުގައި އޭނާ އަށް ކޮވިޑް ޖެހުނު ފަހުން "ފުޑް ޑިސްއޯޑާ" އެއް އުފެދުނު ކަމަށެވެ. އޭގެ ސަބަބުން ހުރިހާ ކާނާއެއްގެ ރަހަތައް "ނަޖިހާއި ކުނިވަސް" ފަދަ ރަހަތަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަތާލިއާ ކާނޯ ބުނީ އޭނާ އަށް ކޮވިޑް ޖެހުނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ކާއެއްޗެހި ވިއްކާ ތަނެއްގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ކާއެއްޗެހީގައި އޭނާގެ އިހުސާސްތަކާއި ރަހަތައް މުޅިން ބަދަލުވެފައިވާ ކަމަށް އޭނާ ދަނީ ބުނަމުންނެވެ. ކޮވިޑުން ސަލާމަތްވުމަށްފަހު މިހާރު ތަޖުރިބާކުރަންޖެހެނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށް އޭނާ ބުނެއެވެ.

ކެނޯ ބުނީ ކޮވިޑުން ރަނގަޅުވިތާ ދިހަ މަހަށް ވުރެ ގިނަ ދުވަސް ފަހުން އަދިވެސް އެ ހާލަތު ތަހައްމަލު ކުރަމުން އަންނަ ކަމަށާއި ދުވަހަކު ވެސް ރަނގަޅުވާނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށެވެ.

ކޮވިޑުގެ ސަބަބުން ކެނޯގެ ހާލަތާ ބެހޭ ގޮތުން ޕޯސްޓްކުރި ޓިކްޓޮކް ވީޑިއޯއެއްގައި ކެނޯގެ ލޮލުން ކަރުނަ އައިއިރު، އެ ފުޓޭޖުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް މިލިއަން ވިއުސްއެއް ވަނީ ލިބިފައެވެ.

"މިއީ އާންމު ދިރިއުޅުމަށް ކިހާ ވަރެއްގެ އަސަރެއް ކުރާ ކަމެއްކަން އެއްވެސް މީހަކަށް ނުވިސްނޭނެ. ކާބޯތަކެތީގެ ރަހަ ނުބައި ވަނީ ހަމައެކަނި ކާއެއްޗެހީގެ ރަހަ މާނަކުރަނީ އެއީ ކުނިވަސް ދުވާ، ނަޖިސް އެއްޗެއް ގޮތުގައި" ވީޑިއޯގައި ކެނޯ ބުންޏެވެ.

ކެނޯ ބުނާ ގޮތުގައި އެރިޒޯނާ އައިސް ޓީ، ޗައި ޓީ ލާޓޭ، ސްޓްރޯބެރީ ޔޯގަޓް، ގިނަ ޑެއިރީ އައިޓަމްތައް، މެޓާ ފަދަ ކާނާތަކުގެ ރަހަ އާދައިގެ ވަރަކަށް ރަނގަޅު ކަމަށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ދިހަ އިންސައްތަ މީހުންނަށް މި ހާލަތް ތަޖުރިބާކުރަން ޖެހެއެވެ. އަދި މިއަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😞

    އަސްތަޤްފިރުﷲ. އަލްހަމުދު ލިﷲ.
    ހުރިހާ ބޭފުޅުންނަށްވެސް ބުނެލަންބޭނުން ދިފާއީ ނިޒާމް ވަރުގަދަކުރުމަށް އަވަހަށް މަސައްކަތް ކުރުމަށާއި ގިނަވަގުތު އޮށޮއޮވެގެން އަދި އިށީއިނދެގެންވެސް ފޯނު ހިފައިގެން ބޭކާރު ވަގުތު ހޭދަނުކުރަން. އަމިއްލަ ސިއްހަތާމެދު ގާފިލް ނުވުމަށް. 😞 މާތްﷲ އަޅަމެން އެންމެންވެސް ރައްކާތެރި ކުރައްވަވާ އެންމެހާ ބަލި ތަކަށް އަވަސް ޝިފާދެއްވަވާށި އާމީން

    17
  2. ބަރަބޯ

    މަށަށްވެސްވި ތިކަހަކަމެއް ކޮވިޑްއައުމުގެ މާކުރިން ދިމާވި ކުނިރަހަ ލައިފަ ވަސްދޮވި އެކަމަކު ފޮނިއެއްޗެހީގައި ނުލައި ދެން ޑޮކްޓަރަށް ދެކީމަ ބޭސްދިނީމަ އެއްފަހަރުން ރަނގަޅުވެއްޖެ.