ބޮލުގައި ރިއްސުމަކީ އެންމެ އާދައިގެ އަދި އެންމެ އާއްމު އެއް ބައްޔެވެ. ނަމަވެސް މިއީ ވެސް ވަރަށް ވޭން ހުރި ކަމެކެވެ.

ބޮލުގައި ރިއްސުމުގައި ވެސް ބައެއް ފަހަރަށް ވަރަށް ގަދައަށް ރިއްސައެވެ. ބޮލުގައި ރިއްސުމަށް މެދުވެރިވާ އެތައް ސަބަބެއް ހުންނަ އިރު ބޮލުގައި ރިއްސުމުގެ އެކި ވައްތަރުތައް ވެސް ހުރެއެވެ.

ހާސްވުމުގެ ސަބަބުން، މައިގްރޭން ނުވަތަ ހުން ރޯގާ ޖެހުމުގެ ސަބަބުން ވެސް ބޮލުގައި ރިއްސައެވެ. ބޮލުގައި ރިއްސައި ކޮންމެ ފަހަރަކު ބޭސް ކެއުމަކީ ވެސް ހައްލެއް ނޫނެވެ.

އެހެންކަމުން ބޭސް ކެއުމުގެ ބަދަލުގައި ބޮލުގައި ރިއްސާނަމަ މި ކަންތައްތައް ކޮށްލާށެވެ.

ގިނައިން ފެންބުއިން

ބޮލުގައި ރިއްސުމަށް މެދުވެރިވާ އެއް ސަބަބަކީ ހަށިގަނޑުން ފެން މަދުވުމެވެ. އެހެންކަމުން ބޮލުގައޮ ރިއްސާނަމަ ގިނައިން ފެން ބުއިމާއި، ފެން ލިއްބައިދޭ ކާނާ ކެއުން މުހިންމެވެ.

ކޮފީ ނުވަތަ އިނގުރު ސައި ބުއިން

ލޭގެ ހިނގުމަށް އަންނަ ބަދަލެއްގެ ސަބަބުން ވެސް ބޮލުގައި ރިއްސާފާނެއެވެ. އެހެންކަމުން ކޮފީގައި ހުންނަ ކެފެއިންނާއި އިނގުރުގައި ހުންނަ އެންޓި އިންފްލެމާޓަރީ މާއްދާތަކުގެ ސަބަބުން ލޭގެ ހިނގުން ރަނގަޅު ކޮށްދީ ބޮލުގައި ރިހުމަށް ލުޔެއް ލިބެއެވެ.

ހޫނު ފެނުން ފެންވެރުން

ހޫނު ފެނުން ފެންވަރާލުމުން ޓައިޓްން ވެފައި ހުންނަ މަސްތައް ލޫސް ކޮށްދެއެވެ. އޭގެ ސަބަބުން ބޮލުގައި ރިހުން ރަނގަޅު ކޮށްދެއެވެ.

މީގެއިތުރުން ކުޅިކޮށް ކެއުމާއި، ފުންކޮށް ނޭވާލުމާއި، ނިތްކުރި މަސާޖު ކުރުމާއި، ވަކީން ހާއްސަކޮށް ނިދި ހަމަކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ