ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ރީތި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ދެ ތަރިންނަކީ ކެޓްރީނާ ކައިފް އާއި ރަންބީރް ކަޕޫރެވެ. އެހެން ނަމަވެސް އެ ގުޅުން މިހާރު ކެނޑިއްޖެއެވެ. ގިނަ މައްސަލަތަކެއް ޖެހުމަށްފަހުއެވެ. ކުރިން އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ވަނީ މިހާރު ކުރިއަރަމުން އަންނަ ތަރި ސިދާތްއާއެވެ.

މިހާރު އެންމެ ގަދަޔަށް ބޮލީވުޑްގެ މަސްރަހުގައި ދެކެވެމުންދާ އެއްް ވާހަކައަކީ ރަންބީރް އާއި ކެޓްރީނާގެ ލޯބީގެ ގުޅުން ކެނޑި ހަތުރުންނަށްވެގެން ދިޔައީ، މިހާރު ރަންބީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ އާލިއާ ބަޓް އާއި ހެދިކަމަށް ބުނާ ވާހަކައެވެ.

މިހާރު ރަންބީރް އާއި އާލިއާ ގުޅުން ވަރަށް ވަރުގަަދައެވެ. ދަންވަރު އާއި ދުވާލުގެ އެކި ވަގުތުތަކުގައިވެސް ދެ މީހުން ބައްދަލުކޮށް ހަދައެވެ.

ރަންބީރް އާއި ކެޓްރީނާ ދެ މީހުންގެ ގުޅުން ކެނޑިފައި ވަނީ 2016 ވަނަ އަހަރުއެވެ. މިކަމާއި އެތައް ބައެއްގެ ހިތައް އަސަރުވެސް ކުރިއެވެ.

މި ދެ މީހުންގެ ބްރޭކްއަޕް އާއި ގުޅޭގޮތުން ވަރަށް ވާހަކަދެއްކިއެވެ. ރިޕޯޓްތައް ބުނާގޮތުން ނަމަ އާލިއާވެސް އޭގެ ތެރޭގައި ހިމެނެއެވެ.

"އަހަރެން ކިޔުނިން ރަންބީރް އާއި ކެޓްރީނާގެ ބްރޭކްއަޕްގެ ފަހަތުގައި ވަނީ އަހަންނޭ ކިޔާފައި ލިޔެފައިވަނިކޮށް. އެއީ ހަމަ ވާހަކައެއް. އެކަމުގައި އިތުރު އެއްޗެއް ކިޔަން ޖެހިދާނެހެން އަހަންނަކަށް ހީއެއް ނުވޭ". 2016 ވަނަ އަހަރު ވޯގް މެގަޒިންއަށް އާލިއާ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު