މިސްރަަށް ނިސްބަތްވާ ޒުވާން ދެމަފިރިއެއްގެ ދެމެދުގައި ޖެހުނު މައްސަލައަކީ ފިރިމީހާ ގޭތެރޭގައި ޖަންގިޔާ ލައިިގެން އުޅުމެވެ. މިހާރު މި މައްސަލައިގައި އެ ޒުވާން އަންހެން މީހާ ވަނީ ފިރިމީހާ ގާތުން ވަރިވާން އެދި ކޯޓަށް ހުށަހަޅާފައެވެ
ރިޕޯޓްތައް ބުނާގޮޮތުގައި، އެ އަންހެން މީހާ ވަނީ ފިރިމީހާ ކައިރީގައި އޭނާއަށް އެކަމާއި އުނދަގޫ ވާކަމަށް ބުނެފައެވެ.
"އަހަރެން ބުނިން ފިރިމީހާ ކައިރީ އަހަރެންނަށް އުނދަގޫވާކަމަށް، އަހަރެން އަދިވެސް ލަދު ގަންނަ ކަމާއި، މިކަންކަން ހައްލު ވާން ދުވަސްކޮޅެއް ނަގާނެ ކަމަށް" އަންހެން މީހާ ބުނެފައި ވެއެވެ.
އެހެން ނަމަވެސް ފިރިހެން މީހާ ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.
"އަހަރެން މި އުޅެނީ އަހަރެންގެ އަމިއްލަ ގޭގައި މިހެން، އަހަރެން މިހެން ގޭގައި އުޅޭ ހިތްވޭ، އަދި ވަރަށް ފަސޭހަ ވީހާވެސް ކުރުކޮށް ގޭތެރޭގައި އުޅޭއިރު ހެނދުން އަޅައިގެން އުޅެން" ފިރިހެން މީހާ ބުނެފައި ވެއެވެ.
މި މައްސަލަ ފެންމަތިވުމާއެކު ދެމަފިރިން ވާހަކަދައްކައިގެން އަންހެން މީހާ ވަނީ ދުވަސްކޮޅަކަށް އޭނާގެ މައިންބަފައިގެންގެ ގެއަށް ބަދަލުވެފައެވެ. އެއީ އެކަމާއި ވިސްނުމަށްފަހު އެނބުރި އަންނަ ގޮތަށެވެ.
"އަހަރެން މައިންބައިންގެ ގެއަށް ގޮސް އުޅުނިން އޭނާ އަހަރެންނަށް ގުޅާތޯވެސް، އެކަމަކުވެސް ނުގުޅާ، އޭނާ އަހަންނަށް އެހާ ވަރަށް އަޅާނުލާތީ އަހަރެން ބޭނުންވީ ވަރިވާން އެދި ފެމެލީ ކޯޓަށް ހުށަހަޅަން". އަންހެން މީހާ ބުނެފައި ވެއެވެ.
މިހާރު އެ މައްސަލަ ކޯޓުގައި ހިނގާއިރު، ކޯޓުން މިހާރު ދަނީ އެކަން ދިރާސާ ކުރަމުންނެވެ.
އެހެންވިއްޔާ ޖަނގިޔާ ބޮލަށް އަރުވައިގެން އުޅޭ
މޯސްޓް މެން އާ އަގްލީ. ދެޓްސް ވައި.
ބައެއް މީހުން ވ ގޮތްކުޑަ. ބައެއް ބަފައިބެން ފރިހެން ދަރީގެ އަނބި ކުރިމައްޗަށް އެބަ ނިކުމޭ ގަމީސްބުރީގަ. ދެފައި ހާމަ ފެްޑާގަޑެއްހެން. މުންޑު ހިއްލައިގެން ވެސް އެބަ އުޅޭ މިރާއްޖޭގަ ބައެއް ބަފައިބެން. މީހުން ކުރިމަތީ ޒިކުރު ތަސްބީހައެއް އެކަމް. ގޮތްކުޑަ ހަމަ.ޖަންގިޔާ އަށް ތާއީދު
ބޮކްސާ އެއް ނޫންތަ ލަނީ
އަހަރެންނާ ތިމަންޖެ އިންނަންވީނު މައަބަދުވެސް އުޅެނީ ކެރެޓު ޖީންސް ލައިގެން
އަސްލު ޖަންގިޔާއެއް ނޫނޭ މައްސަލައަކީ
"އަހަރެން މައިންބައިންގެ ގެއަށް ގޮސް އުޅުނިން އޭނާ އަހަރެންނަށް ގުޅާތޯވެސް، އެކަމަކުވެސް ނުގުޅާ، އޭނާ އަހަންނަށް އެހާ ވަރަށް އަޅާނުލާތީ އަހަރެން ބޭނުންވީ ވަރިވާން އެދި ފެމެލީ ކޯޓަށް ހުށަހަޅަން"
ދެމަފިރިން އެކަނި ދިރިއުޅޭކަމަށްވަންޏާމު އަޅުގަނޑުގެ ނަޒަރުގައި ޖަނގިޔާ ނުލާވެސް އުޅެވިދާނެ ދެމީހުންނަށްވެސް އޭގައި އެއްވެސް މައްސަލައެއްނެތް
އަޅާނުލާތީ މެއިން ރީޒަން ދޯ