ކުޑަކުދިންނަކީ ބޮޑެތިވަމުން އަންނަ އިރު ވަރަށް އަވަހަށް އެއްޗެހި ދަސްކުރާ ބައެކެވެ. އެ ކުދިންނަށް ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން ވަރަށް އަވަހަށް އެކި ކަންކަން ދަސްކުރެއެވެ.

ކެނެޑާގެ އަވަށަކަށް އުފަން މެޑެން ނަމަކަށް ކިޔާ އުމުރުން އެންމެ ހަ އަހަރުގެ ފިރިހެން ކުއްޖެއް ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ނަންތައް ދަސްކޮށްފައެވެ.

މެޑެންގެ މަންމަ ބުނިގޮތުގައި ކިންޑަގާޓެން ނިންމުމަށް ފަހު އުމުރުން 3 އަހަރުގައި މެޑެން ގައުމުތަކުގެ ނަންތައް ދަސްކުރަން ފެށިއެވެ. އެންމެ ފުރަތަމަ ފެށީ ސައުތް އެފްރިކާގެ ގައުމުތަކެވެ.

މެޑެން ނި ނަންތައް ހިތުދަސްކުރީ ޔޫޓިއުބުންނެވެ. މެޑެން ގެ މަންމަ ބުނިގޮތުގައި މައިންބަފައިންގެ ހައިސިއްޔަތުން ކުދިން ކާޓޫން ބެލުމަށް ޔޫޓިއުބަށް ވަނުމަށް ފޯން ދިނުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި ނަަމަވެސް މެޑެން ބަލަންފެށީ ކާޓޫނުގެ ބަދަލުގައި ޖިއޮގްރަފީގެ ވީޑިއޯތަކެވެ.

ޖިއޮގްރަފީއަށް މެޑެން މި ޖެހުނު ލޯބީގެ ސަބަބުން އޭނަގެ 6 ވަނަ އުފަންދުވަހަށްއޭނާގެ މާމަ އޭނާއަށް ދިނީ ދުނިޔޭގެ މެޕެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން

މެޑެން އަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ ދިދައެއް ދެއްކިޔަސް މިހާރު ފާހަނގަ ކުރަން އެނގޭ ކަމަށް އޭނާގެ މަންމަ ބުނެއެވެ.

މެޑެން އެންމެ ހަތަރު މިނެޓްެގެ ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ ނަންތައް ތަރުތީބުން ކިޔާލައެވެ. އޭނާ މިގޮަތަށް ނަންތައް ކިޔާ ވީޑިއޯއް މިހާރުވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އެތައް ބަޔަކު މިހާރު ބަލާފައިވާ މި ވީޑިއޯ މިހާރު ވަނީ ވައިރަލްވެފައެވެ.

https://www.youtube.com/watch?v=vcAU3iWJumU

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އެ