އުމުރުން ދުވަސްވުން ހުއްޓުވުމަށް ސައިންސްވެރިން މަސައްކަތް ކުރަމުން އަންތާ އެތައް ދުވަހެއް ވެއްޖެއެވެ. ދޭގެތެދޭތެރެއިން ސައިންސްވެރިން މިމަސައްކަތުގައި ކުރިއެރުންތައް ހޯދާ ޚަބަރު ވެސް ލިބެއެވެ. މިފަހަރު ވެސް މިއޮތީ އެފަދަ ޚަބަރެކެވެ.

އުމުރުން ދުވަސްވުމުން ތަފާތު އެތައް ބަލިތަކެއް ޖެހި، އެންމެ ފަހުން މުސްކުޅި ބަލީގައި މީހުން މަރުވެގެން ދެއެވެ. ނަމަވެސް ޖަޕާންގެ ސައިންސްވެރިންގެ ޓީމަކުން ބުނާ ގޮތުގައި އުމުރުން ދުވަސްވުމުން ޖެހޭ ބަލިތަކުން ސަލާމަތް ވާނެ ގޮތް އެޓީމުން މިހާރު ހޯދައިފިއެވެ.

ޖުންޓެންޑޯ ޔުނިވަސިޓީގެ ޕްރޮފެސަރ ޓޫރޯ މިނާމިނޯ ޖަޕާންގެ މޯޑިއާއަކަށް މައުލޫމާތު ދެމުން ވިދާޅުވީ އުމުރުން ދުވަސްވުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ "ޒޮމްބީ ސެލްތައް" ނައްތާލެވޭނެ ވެކްސިނެއް މިހާރު އޭނާގެ ޓީމުން ވަނީ އުފައްދާފައެވެ.

"މިހާތަނަށް މިވެކްސިނާއި ގުޅޭ ގޮތުން އެއްކުރެވުނު މައުލޫމާތައް ބަލާއިރު މިއީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ބަލިތަކާއި ހަކުރު ބަލިތައް ފަދަ ބަލިތަކަށް ވެސް މިވެކްސިނުން ފަރުވާ ހޯދައިދޭނެ." ޓޫރޯ ވިދާޅުވިއެވެ.

ޖަޕާންގެ ސައިންސްވެރިން އުފެއްދި ވެކްސިންގެ ދިރާސާ ރިޕޯޓެއް މިހާރު ވަނީ "އޭޖިން ނޭޗާ" ނަމަކަށް ކިޔާ ޖާނަލްއެއްގައި އާއްމު ވެސް ކޮށްފައެވެ.

ޖަޕާންގެ ސައިންސްވެރިން ބުނާ ގޮތުގައި އުމުރުން ދުވަސްވުން ހުއްޓުވާނެ ވެކްސިންގެ ދިރާސާތައް އަދި އޮތީ ވަރަށް ޅަފަތުގައެވެ. އެހެންކަމުން މިވެކްސިން އާއްމުކޮށް ބޭނުން ކުރަން ފެށޭނެ ދުވަހެއް އަދި ބުނަން ދަތިކަމަށް ވެސް ސައިންސްވެރިން ބުނެއެވެ.

އުމުރުން ދުވަސްވުމުން ކުރިމަތިވާ ބަލިތައް ޖެހުމަށް މެދުވެރިވަނީ ބައެއް ސެލްތަކުގެ ބާރުދެރަވެ، ސެލްތައް ހަލާކު ވުމުންނެވެ. އެކަމަށް ހައްލެއް ގެންނަން މިހާރު ވެސް ބައެއް ބޭސްތައް ބޭނުން ކުރެއެވެ. ނަމަވެސް އެފަދަ ބޭސްތަކަކީ ސައިޑްއިފެކްޓް ވަރަށް ބޮޑެތި ބޭސްތައް ކަމަށް ވާތީ އެއީ މާކާމިޔާބު ފަރުވާއަކަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުރުޙީ އާމެދު ބުނެލަން

    ހެހެހެ...އުމުރުން ދުވަސްވުން ހުއްޓުވޭނެ އޮތީ 2 ގޮތެއް..އެއީ ޅަފަތުގަ ނުވަތަ ޒުވާން އުމުރުގަ މަރުވުން އަދި ހަފްތާ ނުވަތަ އަހަރުގެ ދުވަސްތައް ނުހިނގާގޮތަށް ހިފެހެއްޓުން..އެންމެ ފަހުން މިބުނީ ދުވަހަކުވެސް ނުވާނެ ކަމެއްގެ ވާހަކަ..

    10
  2. ހަވާއީ

    މިބާވަތުގެ ދެވިޅި އެއްނުވާ ވާހަކަ ލިޔާއިރު ހޭވެރިކަން ވޭތަ؟

    12
    1
  3. މުހައްމަދު

    ތި ވެކްސިން ޖަހައިގެން ވަގުތުން ދުނިޔެއިން އަލްވަދާއު ކީމަ އެޔޮތީ ހުއްޓިފައި

  4. ނަން

    މައުމޫނު އެ އުލެނީ ތިއެއްޗެއް ޖަހާގެން ތަ

    2
    1
  5. ނުދަންނަމީހާ

    އުމުރުން ދުވަސްވުމެއް ނުހުއްޓުވޭނެ އެހެނެއް ނޫން ހަންގަޑަށް ރޫޖެހުން ހުއްޓުވިދަނާނެ. ދުވަސް ވުން ހުއްޓުވަން ވެއްޖިއްޔާ ދުނިޔެ ހުއްޓުވަން ޖެހޭނީ . އޭރުންތާ ދުވަސް ނުހިގާނީ. ހިނި އަންނަނި ހަމަ