ގާތް ރަހުމަތްތެރިންނާއެކު ކާން ބޭރަށް ނުކުތް ދަތުރުގައި ބަތަލާ ކަރީނާ ކަޕޫރާއި، އަމްރީތާ އަރޯރާއަށް ކޮވިޑް-19 ޖެހިއްޖެއެވެ.

ކަރީނާ އަށް ކޮވިޑް ޖެހުމުން ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އެގޮތުން ކަރީނާ މުމްބާއީގެ ޕާޓީތަކަށް ގޮސްފައިވާކަމުގެ އަޑުތައް ގަދަވިއެވެ. މި ވާހަކަތައް ކަރީނާގެ ތަރުޖަމާން ދޮގު ކުރެއެެވެ.

އޭނާގެ ތަރުޖަމާން ފިލްމް ފެއާއަށް މައުލޫމާތު ދެމުން ބުނީ، އޭނާ ފުރަބަންދު ތެރޭގައިވެސް އުޅުނީ ވަރަށް ބަލައިގެން ކަމަށާއި، ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.

"އެެހެން ނަމަވެސް އޭނާއާއި އަމްރިތާއަށް ކޮވިޑް ޖެހުނީ މަދު ރައްޓެހިންތަކަކާއެކު ރޭގަނޑުގެ ކެއުމަކަށް ދިޔަ ފަހަރެއްގައި. އެއީ ބޮޑު ޕާޓީއެއް ނޫން، އެ ރައްޓެހިންގެ ތެރެއިން އެކަކު އުޅުނީ ބަލިކޮށް، ކެއްސާހެއި، އޭނާގެ ފަރާތުންހެން ހީވަނީ".

ތަރުޖަމާން ބުނީ، އެފަދަ ތަންތަނަށް ދާން ނުޖެހޭ މީހާއަކީ ބަލިވެ އުޅޭ އެ މީހާއަކީ، އެހެން މީހުން ބައްޔަށް ހުށަހެޅީ އޭނާ ކަމަށެވެ.

ކަރީނާ ކޮވިޑަށް ފައްސިވުމާއެކު ވަނީ އަމިއްލައަށް ކަރަންޓީން ވެފައެވެ. އަދި މިއީ ކަރީނާގެ ސަބަބުން ވީ ކަމެއް ކަމަށް ނުވާއިރު، މީހުން އޭނާއާ ކުށްހީ ކޮށްގެން ނުވާނެ ކަމަށްެސް ބުންޏެވެ.