މިހާރު މީސް މީޑިޔާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ވިކީ ކޯޝަލްއާއި ކެތުރީނާ ކެއިފުގެ ކައިވެނީގެ ފޮޓޯތަކެވެ. މި ދެމަފިރިންނަށް އެތައް ބައެއްގެ ތަޢުރީފާއި ލޯބި ދަނީ ލިބެމުންނެވެ.
އެންމެންގެ ސަމާލުކަން ހުއްޓުނު މި ކައިވެނި ކުރަން ކެތުރީނާ އެއްބަސްވުމުގެ ކުރިން އޭނާގެ ޝަރުތުތަކެއް ހުއްޓެވެ. ކެތުރީނާގެ ގާތް ރަހުމަތްތެރިއަކު ވަނީ މިކަން މީޑިޔާއާއި ހިއްސާ ކޮށްފައެވެ.
ކެތުރީނާއާއި އެކުގައި އުޅޭތާ ދެ މަސްތެރޭ ވިކީގެ ހަޔާތުގެ ބައިވެރިއަކަށް އެންމެ އެކަށީގެންވާ މީހަކީ ކެތުރީނާކަން އޭނާއަށް އެނގުނު ނަމަވެސް ކެތުރީނާއަށް އެންމެ އެކަށީގެންވާ މީހަކީ ވިކީ ކަމާއި މެދު ޔަގީން ނުވާ ކަމަށާއި އެއިރު ވެސް ކެތުރީނާ ހުރީ ކުރީގެ ގުޅުންތަކުން ލިބުނު ހިތްދަތިކަމުގައި ކަމަށް ކެތުރީނާގެ ރަހުމަތްތެރިޔާ ބުނެފައިވެއެވެ.
''ކެތުރީނާ ކައިވެންޏަށް އާއެކޭ ބުނަންދެން ވިކީ އެކަމަށް މަސައްކަތް ކުރި. ނަމަވެސް ވަކި ޝަރުތުތަކެއް ހުށަހެޅި. އެއީ ކެތުރީނާ އެކޭ އެއްފަދައިން އޭނާގެ މަންމައާއި ދައްތަމެން ދެކެ ވެސް ލޯބިވުމަށާއި އިހުތިރާމު ކުރުމަށް'' ކެތުރީނާގެ ރަހުމަތްތެރިޔާ ބުންޏެވެ.
ކައިވެނީގެ ކުރިން ކެތުރީނާގެ ދައްތަމެންނާއި ވިކީ ބައްދަލު ނުވި ނަމަވެސް މިހާރު އެމީހުންގެ ގާތް ގުޅުމުގެ ސަބަބުން ކެތުރީނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
ރާއްޖޭގައި ހަނީމޫނުގެ ދަތުރު ނިންމާލުމަށް ފަހު ކެތުރީނާއާއި ވިކީ ވަނީ އެނބުރި މުމްބާއީއަށް ގޮސްފައެވެ. އަދި ވަރަށް އަވަހަށް ދެމީހުން ވެސް އެމީހެއްގެ ފިލުމުގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސަލްމާނާއި އެކު ކެތުރީނާ މިހާރު ކުޅެމުންދާ ފިލުމު ''ޓައިގަރ 3'' ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެއެވެ.
ދެން މަށަށް ކޮންކަމެއް؟