ދެމީހަކު ލޯބިން ގުޅިގެން އުޅުމަށް ފަހު ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން ނުވަތަ ކޮންމެވެސް މައްސަލައެއްގެ ސަބަބުން ވަކިވާން ޖެހޭ ފަހަރަ ވެސް އާދެއެވެ.

މިގޮތަށް ވަކިވާން ޖެހުމުން ދެމީހުންނަށް ނުވަތަ ކޮންމެވެސް އެކަކަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. ލޯބިވެރިޔާއާ ރުޅި ވުމަށް ފަހު ހިތްދަތިވެފައި ހުރުން ރަނގަޅެއް ނޫނެވެ. އެކަމާ ކުރިމަތިލާން ޖެހޭނެއެވެ.

އެހެންކަމުން ލޯބިވެރިޔާއާ ރުޅިވުމަށްފަހު މި ކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

''ޕޮޒިޓިވް'' ކޮށް ވިސްނުން

ބައިވެރިޔާ ދޫކޮށްލަފަ ދިޔުމުން ރޮއި ހިތާމަ ނުކުރާށެވެ. ނަމަވެސް އެކަން އެވީ އެންމެ ރަނގަޅަށްކަން ހަނދާން ކުރާށެވެ. އެކަހަލަ ގުޅުމެއްގައި ތާށިވެފައި ހުންނަން ޖެހުމުން ހިތަށް ކުރާ އަސަރު މާ ބޮޑުވާނެއެވެ.

އަމިއްލަ ނަފުސު ދެކެ ލޯބިވުން

ބްރޭކްއަޕްގެ ދުވަސްވަރަކީ އެންމެ ފަސޭހައިން އަމިއްލަ ނަފުސަށް އަޅާނުލައި ދޫކޮށްލެވޭ ދުވަސްވަރެވެ. އެހެންކަމުން މި ދުވަސްވަރު ނުކައި، ނުބޮއެ، އަބަދު ރޮއި ރޮއި އަމިއްލަ ނަފުސަށް ގެއްލުން ނުދޭށެވެ. ތިމާ ހިތްހަމަ ޖެހޭ ކަމެއް ކޮށްލާށެވެ. ކާން ދާށެވެ. ޝޮޕިންއަށް ދާށެވެ. އެނޫން ވެސް ކުރަން ބޭނުންވާ ކަންތައްތައް ކޮށްލާށެވެ.

އެކަނިނުވުން

މި ދުވަސްވަރު އެކަނިވުމަކީ ކުރީގެ ލޯބިވެރިޔާ މަތިން މާބޮޑަށް ހަނދާންވެ އޭނާއާއި ވާހަކަ ދައްކަން ބޭނުންވާނެ ކަމެކެވެ. ނުވަތަ އެކަނި ހުރުމުން ކަންކަމާ ވިސްނައި ރޮވޭގޮތްވާނެއެވެ. އެހެންކަމުން އަބަދުވެސް ކޮންމެސް މީހަކާއި އެކު އުޅޭށެވެ. ކޮޓަރީގައި އެކަނި ނުހުންނާށެވެ.

މީގެއިތުރުން އެކި ކަންކަމުގައި މީހާ ބިޒީވެލާ، އެއަށްވުރެ ރަނގަޅު ގޮތެއް ވާނެ ކަމަށް އުއްމީދު ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފ

    އިސްލާމީ ޤައުމެއްގައި ލޯބިވެރިންނާ ރުޅިވާން ޖެހޭ ހާލަތެއް އަންނާނެތަ؟
    މިކަހަލަ ލިޔުންތަކުން ޒުވާން ޖީލަށް ދެވޭ މެސެޖް ގޯސްކަމުގައި ދެކެން.

    14