ކޮންމެ ދެމީހަކު ވެސް އެކުގައި ދިރިއުޅުމަށް ދަތުރެއް ފަށަނީ އެކަކު އަނެކަކު ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. ނަމަވެސް ބައެއް ފަހަރު ކުރިމަތިވާ ކަންކަމުން މަގު އޮޅެއެވެ. ތިމާގެ ހަޔާތުގެ ބައިވެރިޔާ ނުވަތަ އެންމެ ލޯބިވާ މީހާ އަށް ސިއްރުން އެހެން ބައިވެރިއެއް ކައިރިއަށް ދެވިދާނެއެވެ. އެކަން ދިފާއުކޮށް ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެފަދަ ކަމެއް ކުރުމަށް ފަހު ދެން އަނެއްކާވެސް ހަގީގީ ދިރިއުޅުމަށް އައިސް ހަޔާތުގެ ބައިވެރިޔާ އާއިއެކު ދިރިނޫޅެވޭނެއެކޭ ނޫނެވެ.

އަލުން އަނެއްކާވެސް ހަޔާތުގެ ބައިވެރިޔާ އާއިއެކު ދިރިއުޅެވިދާނެއެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ އިތުބާރު ހޯދުން އެއީ ކުރަން ޖެހޭ އެންމެ މުހިއްމު ކަމެވެ. ސުވާލަކީ އެއިތުބާރު ހޯދާނީ ކިހިނެއް ހެއްޔެވެ؟

ފުރަތަމަ ކަމަކަށް ކުރަން ޖެހޭނެ ކަމަކީ ބޭވަފާތެރިވެގެން ގޮސް ގުޅުން އުފެއްދި މީހާ އާއި ހުރިހާ ގުޅުމެއް ކަނޑާލުމެވެ. އެއީ ކުރެވުނު ގޯސް ކަމެއް ކަމަށް އަމިއްލައަށް ގަބޫލު ކުރުމެވެ. ދެމީހުން ދެމެދުގައި ވާހަކަ ދެކެވެން ހުރި ހުރިހާ މަގުތަކެއް ބަންދު ކުރަން ޖެހޭނެއެވެ. ގޯސް އެއީ ގޯސްކަން ގަބޫލުނުކޮށް ރަނގަޅެއް ނުހޯދޭނެއެވެ.

ދެން ކުރަން ޖެހޭނެ ކަމަކީ ހަޔާތުގެ ބައިވެރިޔާ އާއި ކުރިމަތިލުމެވެ. ހެޔޮ ނިޔަތުގައި އޭނާގެ ކިބައިން މާފަށް އެދުމެވެ. ގޯހެއް އަމިއްލައަށް ހެދިއްޖެކަން ގަބޫލު ކުރާށެވެ. އެއަށްފަހު އެއްވެސް ފޮރުވުމެއް ސިއްރު ކުރުމެއް ނެތި ހުރިހާ ވާހަކައެއް ތެދަށް ކިޔައިދޭށެވެ. އިތުބާރުގެ އެންމެ މުހިއްމު ކަމަކީ ސިއްރު ނުކުރުމެވެ. އިތުބާރު ގެއްލެނީ ކަންކަން ސިއްރު ކުރުމުންނެވެ. އިތުބާރު ލިބޭނީ ކަންކަން ހާމަ ކުރުމުންނެވެ.

ސިއްރު ގުޅުމެއް ހިންގި އިރު ބަދަލު ކުރި ކަންކަން ދޫކޮށްލާށެވެ. ބައިވެރިޔާ އަށް ކަންކަން ސިއްރު ކުރުމުގެ ބޭނުމުގައި ކުރި ކަންކަން ހުއްޓާލާށެވެ. އެއީ ޑިވައިސްތަކުގެ ޕާސްވޯޑް ބަދަލު ކުރުމުން ފެށިގެން ގޮސް އޮފީހަށްދާ ގަޑިއާއި ހަމައަށް ހުރި ހުރިހާ ކަމެކެވެ. ތިބާގެ ފޯނު ނުވަތަ އެހެން ވެސް އެއްޗެއް ބައިވެރިޔާ ޗެކް ކުރުން އެއީ އިތުބާރު ނުކުރާތީ ކުރާކަމެއް ނޫން ކަމާއި އެއީ އިތުބާރު ހޯދަން ކުރާ ކަމެއްކަން ގަބޫލު ކުރާށެވެ.

ފަހު ކަމެއްގެ ގޮތުގައި އަހަރެން ބުނާނީ އެންމެ ފުރަތަމަ ތިދެމީހުން ލޯބީގެ ގުޅުން ފެށިއިރު ކަންކަން ކުރި ގޮތައް ކަންކަން ކުރާށެވެ. އެގޮތައް ވަގުތު ހޭދަކުރާށެވެ. އޭރު ދިޔަ ތަންތަނަށް އަލުން ދާށެވެ. އޭރު ދިރިއުޅުމުގެ އާދަތައް ހުރި ގޮތައް ދިރިއުޅުމުގެ އާދަތައް ބަދަލު ކުރާށެވެ.

އެކަމަކު ނިންމާލަމުން ވެސް ބުނަން އޮތީ ބޭވަފާތެރިވުމަކީ އެއްވެސް އެސްކިއުޒެއް އޮތް ކަމެއް ނޫނެވެ. ބޭވަފާތެރި ވާނީ އެންމެ ނުބައި މީހުން ކަމަށް އަހަރެން ގަބޫލު ކުރާ ގަބޫލު ކުރުމަށް ބަދަލެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަކުރު

    ޕިލިޕިންސު މީހުންގެ ދިވެހި ލޯބިވެރިޔާއަށް ދެން ހިންނަވަރެއްކަމަކު ދިވެހިން ކުރާ އިތުބާރު ވަނީ ގެއްލިފައި

  2. މުޙައްމަދު

    އާމިނަތު ޝާނީ އަށް ބުލެނަށް މުޖުތަމަޢުގައި އަދަބާއި އަހުލާގަށް ބަލަންވާނެ ކޮންމެ ކޮންމެ އާރޓިކަލެއް ނޫސްތަކަށް ދޫކޮށްލުމުގެ ކުރިން..

    މިއީ މުސްލިމު ޤައުމެއް

    13
    1
  3. އެހެންދީ

    ދެން އިންނަޕާޓް ގަ ކިޔައިދޭތި ތިޖޫރީ ކައްވާލާފަ ސަލާމަތް ވާނޭގޮތް

  4. ާއަޖާއިބުވެއްޖެ

    މުހައްމަދު ކިޔާ ބޭފުޅާ ކޮއްފަ އިން ކޮމެންޓަށް ބުނެލަން ،، އާމިނަތު ޝާނީ އެއް ނޫން ، ރަނގަޅު ގޮތަކީ މަރިޔަމް ޝާނީ.. އޯކޭ މޭން

  5. ސައްހަ

    ހަލާލް ގޮތުގައި 2ވަނަ އަންބެއް ހޯދާށެވެ. ގާސިމްބެ ބައްލަވާށެވެ... މިނިސްޓަރ ނަހުލާ.