ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެން ދިޔަ މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ތިއޭޓަރ ރައުންޑްއިން 10 ބައިވެރިޔަކު ޝޯވއާ އަލްވަދާއު ކިޔާފިއިއެވެ.

ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ ތިއޭޓާ ރައުންޑުގައި އެހެން އަހަރުތަކާ ޚިލާފަާށް އޮން ސުޕޮޓް ދެ އެލެމިނޭޝަން ވަނީ ފެނިގެން ގޮސްފައެވެ. ގްރޫޕް ޕާފޯމަންސެއްގައި ލަވައިގެ ލިރިކްސް ވަކި ހިސާބަކުން މައިސަމްއަށް އޮޅުމުން ޖަޖުންވަނީ ވަގުތުން އޭނާ އެލިމިނޭޓްކޮށްލާފައެވެ. ޖަޖުން ބުނީ މައީސަމްގެ ފަރާތުން އުއްމީދުކުރި ވަރުގެ ހުށަހެޅުމެއް ފެނިފައި ނުވާތީ ވަގުތުން ޝޯއިން ވަކިވާންޖެހޭ ކަމަށެވެ. އަރީން ވެސް ލަވަ ހުށަހަޅާ ނިމުނު ތަނުން އެލިމިނޭޓްކޮށްލާފައިވެއެވެ.

މީގެއިތުރުން،8 ބައިވެރިންވެސް ވަނީ ޝޯ ދޫކޮށް ދާންޖެހިފައެވެ.

ތިއޭޓާ ރައުންޑުގެ ދެ ވަނަ ބުރުގެ ހުށަހެޅުންތައް މިރޭ އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    ރަގަޅީބައިވެރިވި އެންމެންކެޓިއްޔަ ވަރައްފޫހިވޭ އަލީރަމީޒުގެރީތިލަވަތައްހަލާކުކޮއްފި