ފެޝަންގެ ދުނިޔޭގައި އަހަރުމެން ފިޔަޖަހަމުން ދަނީއެވެ. މިހާރު މީހަކު އަލަށް ކޮންމެ އެއްޗެއް ލިޔަސް ވަރަށް ރީއްޗެެވެ. އެގޮތަށް ހެދުން އަޅަން އެތައް ބަޔަކު ތިބޭނީ ކެތްމަދުވެފައެވެ. މިއީ އާ ވާހަކައެއް ނޫނެެވެ. ނަމަވެސް މިތަނުގައި ދައްކަން މިއުޅޭ ވާހަކައަކީ ޓީޝާޓް ވައްތަރުގެ ހެދުން މިހާރު ޓްރެންޑްވެގެން އުޅޭ ވާހަކައެވެ.

މި ހެދުންތައް މިހާރު އެންމެ ގިނައިން ބޭނުން ކުރާ އެއް ބަޔަކީ މަޝްހޫރު ފިލްމް ތަރިންނެވެ. އޭގެ ތެރެެއިންވެސް އެންމެ ހާއްސަ އެއް ބަޔަކީ ބޮލީވުޑްގެ ތަރިންނެވެ.

އެ ޓީޝާޓް ވައްތަރު ގަމީސް ފަހާފައި ހުންނަނީ ހެދުމެއްްހެން ދިގުކޮށެވެ. އެކި ޑިޒަންތަކަށް ފަހާފައި ހުންނަ އެ ހެދުންތަކުގައި ގޮށްވެސް ހަރުކޮށްފައިވާއިރު، ބައެއް ހެދުންތަކުގައި ބަންދުވެސް ހަރުކޮށްފައި އަދި ބެލްޓް އަޅުވާފައިވެސް ހުރެއެވެ.

މި ހެދުންތައް އަޅައި އުޅޭ މީހުންގެ ތެރޭން އެކަކީ ޕްރިޔަންކާ ޗޯޕްރާއެވެ.

އޭނާ އެ ހެދުން އަޅައިގެން ހުންނައިރު ވަރަށް ރީތިކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، އެންމެ ފަހުން އޭނާ އޭގެ ހެދުމެއްގައި ފެނިފައި ވަނީ ނިއުޔޯކްގެ މަގުމަތިންކަމަށް ވެއެވެ. އޭނާ އަޅައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓް ވައްތަރު ހެދުމެކެވެ.

މީގެ އިތުރުން ކެޓްރީނާ ކައިފްއަކީ މި ވައްތަރުގެ ހެދުން އަޅާ އެކަކެވެ.

އޭނާވެސް އެ ހެދުމުގައި ވަރަށް ރީތިކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މީގެ އިތުރުން މަލައިކާ އަރޯރާ އާއި ސޮނަކްޝީ ސިންހާވެސް މި ގޮތަށް ހެދުން އަޅައެވެ.

މި ވައްތަރު ހެދުން އަޅައިގެން ހުންނައިރު ގިނަ ބަޔަކަށް ކަމުދާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮޔާ މީ ގަމީސް ވައްތަރު ހެދުން

  2. ދެން މި ވީ އަންހެނުން މީތި ލައްވަން... މަގޭ ގަމީސް ކޮޅު ދޭންވީ... ކިހާ ދެރަ.. އަންހެނުން ވެސް އޮރިޔާމުން..މަވެސް