ސްމާޓް މީހުންނަކީ އެމީހުން ދިރިއުޅުމުން އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލަން ބޭނުންވާ ބައެއް ނޫނެވެ. އެހެންކަމުން ލޯބިވެރިޔާ ކައިރީ ނުވަތަ އަނބިމީހާ ކައިރީ ހޭދަކުރާ ވަގުތަކީ އަގުހުރި ވަގުތުތަކަށް ހަދަން ސްމާޓް މީހުން ބޭނުން ވާނެއެވެ. ބޭކާރުވާކަތަކާއި، އެއްވެސް މަޤުޞަދެއް ހާސިލް ނުވާ ވާހަކަތައް ދެއްކުން އެއީ ގިނަ ފިރިހެނުން، ހާއްސަކޮށް ދިރިއުޅުމާއި މެދު ސީރިއަސް ވިސްނުންތަކެއް ގެންގުޅޭ ފިރިހެނުން އަޑުއަހަން ބޭނުންވާ ވާހަކައަކަށް ނުވާނެއެވެ.
ދިރިއުޅުމުގެ މައްސަލަތަކާއި ލޯބީގެ މައްސަލަތަކާއި ބެހޭ ގޮތުން ކައުންސިލިންދޭ މީހުން ބުނާ ގޮތުގައި ފިރިހެނުން ކައިރީގައި "ނެއިލް" ސުވާލު ނުކުރާށެވެ. "ނެއިލް" ސުވާލީ ވަރަށް ކުރުކޮށް، އެއްވެސް މަޤުޞަދެއް ހާސިލް ވާނެ ޖަވާބެއް ނުދެވޭނެ ސުވާލުތަކެވެ. ތިރީގައި ބައެއް މިސާލު އަހަރެން ލިޔާނަމެވެ.
އަހަރެންނާއި ދޭތެރޭ ދެކެނީ ކިހިނެއް؟
ކައިވެނި ކުރުމަށް ފަހު ކަލާގެ މުސާރަ އެއްކޮށް އަހަރެންނަށް ދޭނަންތަ؟
އަހަރެމެން ރައްޓެހިވެގެން އުޅެމުން އަހަރެން ޗީޓް ކޮށްފިއްޔާ ދެން ހަދާނީ ކިހިނެއް؟
އަހަރެން މަރުވެއްޖެނަމަ ކަލާ އެހެން މީހަކާއި އިންނާނަންތަ؟
ކަލާގެ އެކްސް، އެނބުރި އަތުވެއްޖެނަމަ އަހަރެން ދޫކޮށްލާނަންތަ؟
އަހަރެން ދެކެ ލޯބިވަނީ ކިހާ ވަރަކަށް؟
މިބާވަތުގެ ވަަރަށް ގިނަ ސުވާލު ލިޔެވިދާނެއެވެ. މިހާރު ބުނެދޭން މިއުޅޭ ވާހަކައަކީ ކޮބައިކަން އަމިއްލަ އަށް ވިސްނާލާށެވެ.
އާއްމުގޮތެއްގައި ފިރިހެނުންނަކީ މާގިނައިން ވާހަކަދައްކަން ބޭނުންވާ ބައެއް ނޫނެވެ. ގިނައިން ވާހަކަދެއްކި ނަމަވެސް އެމީހުން ބޭނުން ވަނީ ވަރަށް ބޮޑެތި ވާހަކަދައްކާށެވެ. އެހެންކަމުން ހިތުގައި އެތައް ދުވަހަކު ރައްކާކޮށްގެން ހުރި ލޯބިވެރިޔަކު ލިބޭ ދުވަސްކޮޅު އެމީހުން ހިތްހަމަނުޖެހޭ މިބާވަތުގެ ސުވާލު ކޮށްގެން ލޯބިވެރިޔާ ގެއްލޭނެ ސަބަބެއް އުފަން ނުކުރުވާށެވެ.
ފިރިހެނުން ޖަވާބުދޭން ބޭނުން ނުވާ ބައެއް އިތުރު ސުވާލުތަކާއި އެކަމުގެ ތަފްސީލީ އެހެން ލިޔުމެއް އަދި ވަރަށް އަވަހަށް ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރަމެވެ.
މިހަބަރު ކިޔަންވެސް ބޭކާރު ވަގުތު ތަކެއް ގޮއްސި.
މުސާރަ ވާހަކަ ތީ މުޅިން އާ އެއްޗެއް، ވާހަކަ އަކުންނާ މިސާލަކުން ވެސް ނުދެކެން ނާހަން، މުސާރަ އެއްކޮއް ދޭނެތޯ ؟ ޙަހަހާ، މީ އަޅެއްތަ ؟؟
މަށާތިޔަ ސުވާލުތަށް ކޮށްފިއްޔާ ނިކަންލޯބިން މޫނުމަތީގައި ހެޔޮވަރުގެ ތައްޕަޅަކުން ފިރުމާލާނީ. އެވެސް އަނގައިގެ ދަތްކޮޅުދާވަރަށް
،ލޯބި ވެގެން އުޅޭ މީހުން ހަމަ ކަލާ ކިޔާތަ،
ފިރިހެނަކު ފައްސާލަން ބޭނުންނަމަ މިސުވާލުތައް ކުރޭ.