މިސްރުގެ ސިޓީއެއް ކަމަށްވާ ލަކްސްރޯރްގައި ހުންނަ ގެއަކަށް ވައްކަން ކުރަން ވަން މީހަކު ނިދާފައި އޮއްވާ، ގޭގެ ވެރިމީހާ ފެނުމާއެކު އޭނާ ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެ ސިޓީގެ ފުލުހުންނަށް ރިޕޯޓް ލިބިފައި ވަނީ އޭނާގެ ގޭގެ ކޮޓަރީގައި ވަގަަކު ނިދާފައި އޮއްވާ ފެނިގެންނެވެ.

ފުލުހުން ކުރި ތަހުގީގުން އެނގުނުގޮތުގައި އެ މީހާއަކީ އުމުރުން 30 އަހަރުގެ މީހެކެވެ. އޭނާ އެގެއަށް ވަނީ ވައްކަން ކުރާށެވެ. އަދި އެ ގޭގައި މީހަކު ނެތްކަން އެނގުމުން ނިދުނީ ކަމަށް ބުނެފައި ވެއެވެ.

އެ ގޭގެ ވެރިމީހާ ބުނިގޮތުގައި، އޭނާ ގެއަށް ދަންވަރު ގަޑީގައި އައިއިރު ކާކުކަން ނޭނގެ މީހަކު އޭނާގެ އެނދުގައި ނިދާފައި އޮއްވާ ފެނުނު ކަމަށެވެ.

ފުލުހުން ވަނީ އެ މިހާ ހައްޔަރުކޮށްފައެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއްތޯ ދަނީ ބަލަމުންނެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އަދި ބައެއް ގައުމުތަކުގައި ހިނގާ މިފަދަ ކަންކަން ބައެއް ފަަހަރު މީޑިއާތަކުގެ ސަމާލުކަން ނުލިބެއެވެ.