އެމެރިކާގެ ނިއުޔޯކުގެ އަންހެނަކު އޭނާ ރޭޕް ކުރިކަމަށް ބުނެ ދޮގު ތުހުމަތެއް މީހެއްގެ ބޮލުގައި އަލުވައިފިއެވެ.

މީހެއްގެ ބޮލުގައި ރޭޕް ކުރިކަމުގެ ދޮގު ތުހުމަތު އަޅުވާފައިވަނީ އުމުރުން 23 އަހަރުގެ އަންހެނެކެވެ. މިމީހާ ރޭޕް ކުރިކަމުގެ ތުހުމަތު އަޅުވާފައިވަނީ ޑޭޓް ކުރާ ސައިޓް އަކުން ދިމާވި މީހެއްގެ ބޮލުގައެވެ.

މިދެމީހުން ޑޭޓް އަށް ދިއުމަށްފަހު މިއަންހެން މީހާ ފުލުހުންނަށް މިމީހާ ގަދަ ކަމުން ރޭޕް ކުރި ކަމަށް ބުނެ މައްސަލަވަނީ ޖައްސާފައެވެ. ފުލުހުންނަށް މިމީހާ ރިޕޯޓްކޮށްފައިވަނީ މިމީހާ އާއި އެ ޑޭޓް ކުރާ މީހާ ގަދަކަމުން ބެހުނު މައްސަލައެވެ. އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ އޭނާ ގަދަކަމުން ކުލީ ކޮޓަރިއަކަށް ވައްދާ ރޭޕް ކޮށްފައިވާ ކަމަށެވެ.

އަންހެން މީހާގެ ބަޔާނާއިއެކު ފިރިހެން މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. ނަމަވެސް އަންހެން މީހާ ދީފައިވަނީ ދޮގު ބަޔާނެއް ކަމަށް މިއަންހެން މީހާ އިއުތިރާފް ވުމުން ފިރިހެން މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައެވެ.

މިއަންހެން މީހާ ފަހުން ދިން ބަޔާނުގައި ބުނެފައިވަނީ މިގޮތަށް ކަންތައް ކުރީ، ޑޭޓްއަށް ދިއުމަށްފަހު ގެޔަށް ލާދޭށޭ ބުނުމުން ގެޔަށް ލާދީފައި ނުވާތީ ކަމަށެވެ.

މިއަންހެން މީހާގެ މައްޗަށް ދޮގު ހެކި ދިނުމާއި ގަސްދުގައި މީހަކަށް ނުހައްގުން އަދަބު ދިނުމަށް އުޅުނެ ކަމުގައި ދައުވާ ވަނީ މިހާރު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު