ދުއްވަމުންދިިޔަ ރޭލެއްގެ ތެރޭގައި ރޭޕްކޮށް މަރާލާފައި އޮތް އަންހެން ކުއްޖަކު ފެނިއްޖެއެެވެ.

އިންޑިއާގެ އަސާމް ސިވަސަގަރް ޑިސްޓްރިކްޓްގެ ރޭލް ސްޓޭޝަނަކުން ނައްޓާލި އެ ރޭލަށް އެރި އެ އަންހެން ކުއްޖާ ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނީ ފާހަނަ ތެެެރެއިންނެވެ. ފުލުހުން ބުނީ، އޭނާ މަރާލާފައި އޮތްތަނުން ވަރަށް ގިނައިން ލޭ ފެނިފައިވާ ކަމަށެވެ. އަދި އޭނާ މަރާލުމުގެ ކުރިން ރޭޕްކޮށްފައިވާކަން ވަރަށް ބޮޑަށް ލަފާކުރެވޭކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާއަކީ އެގްރިކަލްޗާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އަދި އޭނާ އެ ރޭލް ސްޓޭޝަނަށް ގޮސްފައި ވަނީ މިއަދު ހެނދުނު 8:50 ހާއިރު އޭނާގެ މަންމައާއެކު ކަމަށެވެ. އަދި އޭނާ އެ ރޭލަށް އެރުވުމަށް އޭނާގެ މަންމަ ދިޔައިރު، އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނު 9:10 ހާއިރު ސިމަލުގުރި ރޭލް ސްޓޭޝަނަށް އެ ރޭލް މަޑުކޮށްފައި އޮއްވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުއްޖާ ދިޔައި އޭނާގެ ބޮޑުބޭބެއެއް ކައިރިއަށެވެ.

އެ ކުއްޖާގެ މަންމަ ބުނީ، އޭނާގެ އަތަށް 10000 ރުޕީސް ދިން ކަމަށާއި، އެ ފައިސާތައް ދިނީ ފޯނެއް ގަތުމަށް ކަމަށެވެ. އަދި އެ މީހުންގެ ދަރިފުޅު މަރާލީ އެ ފައިސާގެ ދަހިވެތިކަމުގައިކަމަށް އޭނާގެ މަންމަ ގަބޫލުކުރެއެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ރޭޕްކުރިކަމެއް އަދި ނޫންކަމެއް ޔަގީން ނުވާއިރު، އޮޓޮޕްސީ ރިޕޯޓަށްފަހު އެކަން ކަށަވަރުވާނެ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޮޑު ދެލޯ

    އެއްކަލަ އިނޑިޔާ ދޯ! ހައިރާނެއްނުވޭ! ތިޔަ އިންޑިޔާގެ މަތީފަންތީގެ ކޮއްމެ މީހަކާއި ނުފޫޒު ހުރި ކޮއްމެ މީހެއްގެ ގޯއްޗާއި ފާޚާނާތެރެ ކޮއްމެދުވަހަކު ޗެކް ކޮށްބަލަ! ދުވާލަކަށް ތިކަހަލަ ކިތައް ކޭސް ފެނޭތޯ! ޔަޤީން ދެއަތު އިނގިލިން ގުނާލެވޭވަރައްވުރެ ގިނަވާނެ.!

  2. ޑިމޮކްރަޓިސްޓް

    ކޮބާ މޯދީ އެހެންގައުމުތަކުގެ ކަންކަމާ ނޫޅެ ފުރަތަމަ އަމިއްލަ ގައުމު އިސްލާހުވޭތޯބަލާބަލަ! ކޮބާ އިދިކޮޅޭމެން މިވަރުވާއިރު މޯދީ އިސްތިއުފާ ދޭކަށް ނުޖެހޭބާ؟ ޔާމީނު ކަމެއް ވިއްޔާ ހީވާނީ އެހެންކަމެއްވެގެން އުޅޭހެން.. ކަލޭމެނަށް ވެސް ފެންނަ އެއްޗެއް ނިކަން ބުނެލަބަލަ!

  3. ކަނަހާރު

    ރޭޕިސްތާން. ވަލު ޖަނަވާރުންނައް ވުރެން ދަށު ދަރަޖައިގެ ހައްދު ފަހަނައަޅާފައިވާ ބުޑިސްޓުން

    • ޑިމޮކްރަޓިސްޓް

      މޯދީ އިސްތިއުފާ ދޭކަށް ނުޖެހޭ؟

      • ރާޅު

        މީ ރޭޕް އިންޑިޔާގެ ބޮޑެއް ދޯ؟ މިވަރުގެ ބައެކޭ މިއުޅެނީ މިރާއްޖޭގެ ކަންތައްތަކާ ބެހެން.

  4. ޒާ

    އިންޑިއާ މީހުން މީ ކޯއްޗެއް ބޮއިގެން އުޅޭ ބައެއްތަ؟ މޯދީ އުޅެންވީނު އެހެން ކަމަކާ؟