2021 ވަނަ އަހަރު މިހާރު މިވަނީ ނިމުމަކާއި ގާތަށް ޖެހިފައެވެ. މި އަހަރުގައި ބާކީ އޮތީ އެންމެ ދުވަހެއް ކަމުގައިވާއިރު މާދަމާ ފޭސްބުކް ފަދަ ،މީސް މީޑިއާގެ ޕްލެޓުފޯމް ތަކުން ފެންނާނީ ކޮން އެއްޗެއްސެއްކަން އެންމެނަށްވެސް އެނގެއެވެ.

މިފަދައިން އެންމެ ގިނައިން ފެންނަ ޕޯސްޓް ތަކަކީ "ނިއު އިޔާ ނިއު މީ" ނުވަތަ އައު "އަހަރާއި އެކީ އައު އަހަރެން" މިފަދައިން ހުންނަ ޕޯސްޓުތަކެވެ. އާއްމުކޮށް މިގޮތަށް ބުނެ، އައު އަހަރަށް ދިރިއުޅުމުގެ ކޮންމެވެސް ކަމެއް ބަދަލު ކުރާނެ ކަމަށްބުނެ ރައްޓެހިން ކުރިމަތީ އެކަން އިއުލާނު ކުރެއެވެ. އެކަމަކު އައު އަހަރާއި އެކީ އެއިން އެއްވެސް ކަމެއް ވާތަނެއް ނުފެނެއެވެ.

ބައެއް މީހުންނަށް މިފަދަ ޕޯސްޓުތަކާއި ހެދި ވަރަށް އުނދަގޫވެއެވެ. އެކަން މިއަދު ރައްޓެހިންގެ ފޭސްބުކް ފީޑް ބަލައިލުމުން ހާމަ ވާނެއެވެ. މުޅި ފީޑުގައި އޮތީ އައު އަހަރާއި ގުޅޭ ޕޯސްޓުތަކެވެ. މިކަން ހުއްޓުވަން ބައެއް މީހުން މިހާރު ވަނީ ކުރިއާލައި ފިޔަވަޅުތައް އަޅަން ފަށާފައެވެ.

"ނިއު އިޔާ ނިއު މީ އޭ ނުކިޔާތި. އަންފްރެންޑް ކޮށްލާނަން!" ފޭސްބުކް ސްޓޭޓަސް އެއްގައި ޒުވާން އަންހެން ކުއްޖަކު މިއަދު ޖަހާފައިވާ ވެއެވެ. އަހުރެންވެސް އެ އަންހެން ކުއްޖާ ފަދައިން އެފަދަ ސްޓޭޓަސްތައް ޖަހާ މީހުން އަންފްރެންޑް ކޮށްލަން މިހާރު ވަނީ ނިންމާފައެވެ.

ތިމާ އަކީވެސް މިފަދަ މީހެއް ނަމަ އައު އަހަރާއި ދިމާކޮށް އެފަދަ ޕޯސްޓުތައް ފެންނަން ބޭނުންނުވާ ނަމަ އެކަން އަވަހަށް ހާމަ ކުރާށެވެ. ނޫނީ މާދަމާގެ ފީޑުގައި އޮންނާނީ ހުސް އެކައްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    މިވެސް ދެންް ޚަބަރެއްތަ

    9
    1
    • ކިނބޫ

      އާނ، މީވެސް ހަބަރެއް. ހަމައެކަނި ސިޔާސީ މީހުން ދައްކާ ވާހަކައެއްނޫން ހަބަރަކީ.

      6
      3
  2. ކަދުރު

    މަށައް ކީއް

  3. ސަނީ

    މަގޭ ޖީބުން ދޮޅަހަކައް ރުފިޔާ މަގުމައްޗައް ވެއްޓިގެން މިއުޅެނީ، އެކަމް ހަމަ ހޯދާ ހޯދާ ނުފެނުނު، ކާނައްތޯ އެއްވެއް ދިޔައި، މި ކަން ހަބަރުގަ ޖަހާލަ ދެވޭކައް ނެތްތަ ؟