ޕާކިސްތާނަށް ނިސްބަތްވާ ސައިވިއްކާ ޗައިވާލާގެ އެ ރީތި ނޫޫ ލޮލުގެ ސަބަބުން އެތައް ބައެއްގެ ސަމާލުކަން އޭނާއަށް ލިބިގެން ދިޔައެވެ. އަރްޝަދް ޚާން ނަމަކަށް ސައި ވިއްކާ މި ޒުވާނާއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ ޕްރޮފެޝަނަލް ފޮޓޯގްރާފަރު ޖިއާހް އަލީ އޭނާގެ ފޮޓޯއެެއް މީސް މީޑިއާއަށް ދޫކޮށްލުމުންނެވެ.

އަހަރުތަކެއް ކުރިން އެތައް ބައެއްގެ ސަމާލުކަން ހޯދި މި ޒުވާނާ ދެން ވަނީ ވިޔަފާރީގެ ތެރެއަށެވެ. އެގޮތުން 2020 ވަނަ އަހަރު އިސްލާމް އާބާދުގައި އަމިއްލަ ޗައި ކެފޭއެއް ހުޅުވިއެވެ. އޭނާއަށް ލިބުނު އެ މަޝްހޫރު ކަމާއެކު ވިޔަފާރިފުޅާކޮށް މިހާރު ޖުމްލަ ތިން ޗައި ކެފޭ އޭނާ ހިންގައެވެ.

ދާދި ފަހުން އޭނާ ވަނީ އޭނާގެ މީސް މީޑިއާ އެކައުންޓްގައި ގުލްބާގްގައި ހުންނަ އޭނާގެ ކެފޭގެ ޓުއާއެއް ދައްކާލާފައެވެ. އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔައެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އަރްޝަދު އެ ކެފޭގެ ތެރެއަށް ވަންނަ މަންޒަރެވެ. އަދި އެ ކެފޭގެ އެކި ތަންތަން އެ ވީޑިއޯގައި އޭނާ ދައްކައެވެ. އޭގެ ތެރޭގައި ލައުންޖް އޭރިއާ އާއި ބޭރުގައި އިށީންދެގެން ތިބެވޭ ތަންވެސް ދެއްކިއެވެ.


އަދި އަރްޝަދް ވަނީ އެ ކެފޭގެ މެނޫގައި ހުރި ކާތަކެތީގެ ވާހަކަތައްވެސް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ ހާއްސަ ޗައި އާއި ޕިއްޒާ އާއި ސްޓީކް ފަދަ ކާތަކެތި ފާހަގަކުރިއެވެ.

އަހަރުތަކެއް ކުރިން ފޮޓޯގްރާފަރު ނެގި އޭނާ ސައި ވިއްކާ ފޮޓޯއާއެކު އެތައް މޮޑެލް އެޖެންސީއަކުން އޭނައަށް ފުރުސަތު ލިބިގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިހާރު ހުތުރު ވެއްޖެ...

    5
    3
  2. ކަމަނާ

    މިހާރު ރީއްޗެއް ނޫން..