ކަރަންޓާއި ނުލާ ގިނަ ކަންތައްތައް ނުކުރެވެއެވެ. މިހާރު ޒަރޫރީ ކޮންމެ ބޭނުމެއްވެސް ކުރަން މި ޖެހެނީ ކަރަންޓާއި ލައިގެންެނެވެ. މަހެއްގެ މައްޗަށް ކަރަންޓް ބިލަށް އެތައް ހާސް ރުފިޔާއެއް އަރާއިރު، އެ ހަރަދު ކުޑަކުރުމަށްޓަކައި މަސައްކަތް ކުރަނީ މަދު ބަޔެކެވެ. އަދި ދުނިޔޭގެ ބައެއް ހިސާބުތަކަކީ ކަރަންޓް ނުލިބޭ ހިސާބަށްވެފައި އެ ހިސާބުތަކުގައި އާއްމު ޒަރޫރީ ބޭނުންތައް ވަނީ ނުފުދިއެވެ.

އެފަދަ މީހުންނަށް އެހީތެރިވުމުގެ ގޮތުން އުމުރުން ނުވަ އަހަރުގެ ކުއްޖަކު މި ވަނީ ކަރަންޓާއި ނުލާ ބޭނުން ކުރެވޭނެ ދޮންނަ މެޝިނެއް ތައްޔާރުކޮށްފައެވެ.

އެ ދޮންނަ މެޝިން އޭނާ ތައްޔާރުކޮށްފައި މި ވަނީ އުކާލާފައި ތަކެތި ބޭނުންކޮށްގެންނެވެ. އެގޮތުން އެ ހެދުމަށް ބޭނުންކޮށްފައި ވަނީ ޕްލާސްޓިކް ސިލިންޑަރަކާއި، ބައިސްކަލެއްގެ ބައެއް ސާމާނުތަކެވެ. އޭނާ އެ ތައްޔާރުކޮށްފައި ވަނީ ބައިސްކަލެއްގައި މީހަކު އިށީންދެލައިގެން އިދެ އެއްޗެހި ދޮވެވޭ ގޮތަށެވެ.

އެ ކުއްޖާ ވަނީ އެ މެޝިން ބޭނުން ކުރާނެ ގޮތް ގިނަ ބަޔަކަށް ދައްކާފައެވެ. އޭގެ ތެރޭގައި އޭނާއާއެކު ކިޔަވާ ބައެއް ކުދިން ހިމެނެއެވެ.

އެގޮތުން އޭނާ އެންމެ ފުރަތަމަ ބައިސްކަލްގެ ފަހަތުގައި ހަރުކޮށްފައި ހުރި ސިލިންޑަރު ތެރެއަށް ދާ ވެފައި ހުރި ހެދުންތަކެއް އަޅައެވެ. އަދި ބައިސްކަލް ދުއްވާ ގޮތަށް ދެ ފަރާތުގެ ދެ ޕެޑަލް ބޭނުންކޮށްގެން އެ މެޝިން ހަރަކާތްތެރިކުރުވައެވެ. އެ އޮތީ ހެދުންތައް ދޮވެވިފައެވެ.

އެ ކުއްޖާ އެކަމަށް ދޮންނަ ކުޑި އާއި ފެން ފަދަ އެއްޗެއް ބޭނުން ކުރިކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް އޭނާ އޭގެެން ދޮވެލާފައި ނެރޭ ދާ ހެދުންތައް ހުންނަނީ ވަރަށް ސާފްކޮށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިއާން

    ޢޭނައެއް ނޫން އެ ކުއްޖާ

  2. އެމް.ވީ.ޓެކް

    އަޖައިބެއް ނުވާނެ މީހަކު، ފެން ނުލާ ދޮވެވޭ ތަ؟ ދޮވުމަށް ކިޔާނީ ފެން ބޭނުން ކުރާތީ.

  3. Anonymous

    ކޮޕީއެއް