އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ މީހަކު މި ވަނީ އޭނާއާ ކައިވެނި ކުރާނެ މީހަކު ހޯދަން ބޮޑު ބިލްބޯޑެއްގައި އިޝްތިހާރު ޖަހާފައެވެ. ޕާކިސްތާނަށް ނިސްބަތްވާ މުހައްމަދު މާލިކް ނަމަކަށް ކިޔާ އެ މިހާއަކީ "ފައިންޑްވައިފްފޯމާލިކް.ކޮމް" ނަމަކަށް ކިޔާ އަމިއްލަ ވެބްސައިޓެއްވެސް ގެންގުޅޭ މީހެކެވެ. އަދި މިފަދަ އިޝްތިހާރްތައް ބިރްމިންގްހަމްގެ އެކި ތަންތަނުގައި ޖަހާފައި ވެއެވެ.

އޭނާގެ އެ އިޝްތިހާރުން ފެންނަނީ އޭނާގެ ހިނިތުންވެގެން ހުރެ، އޭނާ ސަލާމަތްކޮށްދޭން އެދިފައިވާތަނެވެ. އެެއީ އޭނާގެ އާއިލާއިން އޭނާ މީހަކާއި އެހެން މިހަކާއި ކައިވެނި ކުރުވަން އުޅޭ ކަމަށް ބުނެއެވެ. އެ އިޝްތިހާރުގެ ބިލްބޯޑް މެންޗެސްޓާގެ އެކި ހިސާބުތަކުން ފެނިފައިވާ ކަމަށް ވެއެވެ.

"އާއިލާއިން ބޭނުންވާ މީހަކާއި ކައިވެނި ކުރަން ޖެހިފައި އޮތް އޮތުމުން އަހަރެން ސަލާމަތްކޮށްދީ،" ބިލްބޯތަކުގައި ވެއެވެ. އެ ބިލްބޯޑްތަކުގައި އޭނާގެ ވެބްސައިޓް ލިންކް ވެސް ޖަހާފައި ވެެއެވެ.

މުހައްމަދުގެ ވެބްސައިޓްގައި ބުނެފައި ވަނީ އޭނާއަކީ އެރޭންޖް މެރިއޭޖްއާ ދެކޮޅު މީހެއް ނޫން ކަަމަށެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ އަމިއްލައަށް މީހަކާއި ކައިވެނި ކުރަން ކަމަށް ބުންޏެވެ.

އޭނާ ބުނީ އަދި އޭނާއާ ކައިވެނި ކުރާނެ މީހަކު ނުފެންނަ ކަމަށެވެ. އޭނާ ބުނީ، އޭނާގެ ހަޔާތުގެ ބައިވެރިވާ ވާން ޖެހޭނީ މުސްލިމަކަށް ކަަމަށެވެ. އަދި ދީނަށް ލޯބި ކުރާ ޒުވާން އުމުރުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ބިލްބޯޑްގައި އޭނާ އިޝްތިހާރު ޖެހިއިރު، މިހާތަނަށް 100 އަށްވުރެ ގިނަ މެސެޖް ލިބިފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާގެ އެ އިޝްތިހާރު މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އެ ސަރަހައްދުގެ އެކި ތަންތަނުން ފެންނާނެއެވެ.