ހޫނު މޫސުމުގައި ދިވާ އުނދަގޫ ކަންތައްތަކުގެ ތެރޭގައި އެކި ފާޑުގެ ދިރޭ ކުދި ސޫފި ތަކުުން މީހުންނަށް ކުރިމަތިވާ އުނދަގޫތައް ހިމެނެއެވެ. މި ސޫފިތަކުގެ ސަބަބުން ގިނަ ފަހަރަށް މީހުން ރުޅިގަދަވާ ފަހަރުވެސް އާދެއެވެ. މީގެ ތެރެއިން ގިނަބަޔަކަށް އެންމެ އުނދަގޫވާ އެކައްޗަކީ ހިންޏެވެ. ހިންޏަކީ ބާކީވެފައި ހުންނަ ކާބޯތަކެއްޗަށް އަންނަ ބޮޑު އުނދަގުލާ ކުރިމަތި ކުރުވާ އެއްޗެކެވެ.

މިފަދަ ހިންޏަކީ ގޯތިތެރޭގައިވާ ބަގީޗާގަ އާއި ގޭގެ ބެލްކަނިތަކާއި ބަދި ގެ ތެރޭގައި ވަރަށް އާއްމުކޮށް އުޅޭ އެއްޗެކެެވެ. ހިންޏަކީ ސައިޒުން ކިތަންމެ ކުޑަވެފައި އޭގެ ސަބަބުން އެއްވެސް ކަހަލަ ގެއްލުމެއް ނުލިބުނު ކަމުގައި ވީނަމަވެސް ކާބޯތަކެއްޗާއި، ދިރިއުޅޭ ތަނުގައި ހުރުމުގެ ސަބަބުން ސާފުތާހިރުކަން ގެއްލި، އުނދަގޫތަކާއި ކުރިމަތިވާ ކަމެކެވެ.

މިކަންތަކުން ސަލާމަތް ވުމަށްޓަކައި ބައެއް މީހުން ކެމިކަލް ބޭނުން ކުރެއެވެ. އެހެން ނަމަވެސް މި ކެމިކަލްތަކަކީ ކާބޯތަކެއްޗާއި، ދިރިއުޅޭ ތަންތަނުގައި އަބަދު ހެން ބޭނުން ކުރަން ރަނގަޅު އެއްޗިއްސެއް ވެސް ނޫން ކަަމަށް ތަޖުރިބާ ކާރުން ވިދާޅުވެއެވެ.

ކެމިކަލް ބެނުން ނުކޮށް ހިނީގެ އުނދަގުލުން ސަލާމަތް ވުމަށްޓަކައި ގޭގައި ލިބެން ހުންނަ އެއްޗެހި ބޭނުން ކޮށްގެން ހެދިދާނެ ގޮތްތަކެއް ހުރެއެވެ.

އެގޮތުން ބަދިގޭގައާއި ގެއިން ބޭރުގައި ބަހައްޓާފައި ހުންނަ ކުނިވާ ތަކެއި އަޅަން ގެންގުޅޭ ބާލިދީ ފަދަ އެއްޗެހިން ނުބައިވަސް މުޅިތަނުގައި ހިފުން މިއީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނުވާއިރު، ހިނީގެ އުނދަގޫ ޖެހޭ އެކައްޗަކީ މިއީއެވެ. އެހެންކަމުން މިކަަމަށް ހައްލެއް ހޯދުމަށްޓަކައި ކުނިވާ ސާމާން އަޅާ އެއްޗެހީގައި ބޭކިން ސޯޑާ ހާކާ އަދި މިކަން ތައް ގަވާއިދުން ކުރަމުން ގެންދާށެވެ. އަދި މީގެ އިތުރުން ވަސް ދުވާ އެއްޗެހީގެ ތެރޭގައި އާންމު ކޮށް ބޭނުން ކުރަން ގެންގުޅޭ ތެޔޮ، ފޮތިގަނޑެއްގައި ހާކާލުމަށްފަހު ކުނި ވާ އެއްޗެހި އަޅަން ގެން ގުޅޭ އެއްޗެއްގެ އަޑިއަށް ލާފައި ބާއްވާށެވެ.

ހިނި ކާނާ ހޯދުމަށްޓަކައި ބޭނުން ކުރާ އެންމެ އާދަޔާ ހިލާފު އެއް ގޮތަކީ އެކާއެއްޗެހީގެ ވަހެވެ. ނަމަވެސް ވަރަށް ވަސްގަދަ އެއްޗެއްސާއި ހިނި ކާރި ނުވާނެއެވެ. އެގޮތުން ފޮނިތޮށީގައި ހުންނަ ވަހަކީ ހިނި އެންމެ ނަފްރަތު ކުރާ ވަސް ވެސް މެއެވެ. އެގޮތުން ހިނީގެ އުނދަގުލުން ސަލާމަތް ވުމަށްޓަކައި ކުރެވިދާނެ ކަމެއްގޮތުގައި ފޮނިތޮށި ތެޔޮ ކޮޅެއް ފެނާ އެއް ކޮށްލުމަށްފަހު ހިނި އުޅޭ ތަންތަނުގައި ހާކާލާށެވެ. އަދި ގޭގައި ހުންނަ ކުޑަ ދޮރު ކައިރީގައި ވެސް ހިނި ނުވަންނަ ގޮތަށް ފޮނިތޮށި ކޮޅެއް ބޭއްވިދާނެއެވެ. އަދި ބަގީޗާގައި ހުންނަ މިފަދަ އެއްޗިއްސަށް ވެސް ފޮނިތޮށި ތެލާއި ފެން އެއް ކޮށްލުމަށްފަހު ސްޕްރޭ ކޮށްލުމުން މިފަދަ ސޫފި ތަކުގެ އުނދަގުލުން ސަލާމަތް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    ޙިނިނާރާނެ ކަރަންފޫހުރި ތަނަކަށް. ހަކުރު ފުޅތެރެއަށް 1 ކަރަންފޫ އަޅާފަ މަތި ނުޖަހާހުއްޓަސް ކާރިނުވާނެ.

  2. ހިޝޭމި

    ޖޫސްޕެކެޓާއެކީ ހުންނަ ކަހަލަ ޖޫސްބޯ ހޮޅިކޮޅުތަކަކަށް ދިޔާ ސައިބޯނިކޮޅެއް އަޅާފަ ބަދިގެ ކަބަޑުގެ ބޭނުންކުރާ ބަޔާއި އުނދުނުގެ މަތީގައި ރޭގަނޑު ބަހައްޓާށެވެ.