އެމެރިކާގެ ސްކޫލެއްގައި ދާދިފަހުން ހިނގި ބަޑި ޖެހުމުގެ ހާދިސާ އަކާއި ގުޅިގެން ދެމީހަކު ހިތާމަފާޅުކުރަނީ
އެމެރިކާގެ ސްކޫލެއްގައި ދާދިފަހުން ހިނގި ބަޑި ޖެހުމުގެ ހާދިސާ އަކާއި ގުޅިގެން ދެމީހަކު ހިތާމަފާޅުކުރަނީ

އެމެރިކާގެ ސްކޫލުތަކަށް މިފަހަކަށް އައިސް ދެވޭ ހަމަލާތަކުގެ ސަބަބުން ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ އަލަބާމާގެ ސްކޫލެއްގައި ކިޔަވަމުންދިޔަ ދަރިވަރަކު އެ ކުއްޖާގެ ސްކޫލަށް ހަމަލާދޭނޭކަމުގެ އިންޒާރުގެ މެސެޖެއް ފޮނުވިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިއްޖެއެވެ.

އެމިލީ ނިކޯލް ވިލްސަން ނަމަކަށްކިޔާ އުމުރުން 18 އަހަރުގެ މި ކުއްޖާ ވަނީ ޓެކްސްޓްނައު ނަމަކަށްކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ކުޅޭ ކުޅޭ ބަޑިއެއްގެ އިމޯޖީއަކާއި ތާރީހާއި ގަޑި ހިމެނޭ މެސެޖެއް އޭނާގެ ސުކޫލަށް ފޮނުވައިފައެވެ.

މިފަދަ މެސެޖުތައް އެމެރިކާގެ ފުލުހުން ވަރަށް ސީރިއަސްކޮށް ނަގަމުންދާއިރު މި މެސެޖުގެ މައްސަލައިގައި ކުރެވުނު ތަހުގީގުން ވަނީ އެމިލީ އެ މެސެޖު ކުރީ ސްކޫލުގެ އިމްތިހާނާއި ގާތްވެފައި އޮތުމާއިއެކު އިތުރަށް ކިޔެވުމަށް ވަގުތު ހޯދުމަށްޓަކައިކަމަށް ވަނީ އެނގިފައެވެ. މިފަދަ އިންޒާރުގެ މެސެޖެއްގެ ސަބަބުން ސްކޫލު ބަންދުވެ އިމްތިހާނު އޮންނަ ތާރީހު ފަސްކުރަން އެމިލީ ބޭނުންވީއެވެ. އެމިލީ އާއި ދެކޮޅަށް ވަނީ ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ އިންޒާރު ދިން ކަމުގެ ދައުވާ އުފުލިފައެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ އެމިލީއަށް ދެ އަހަރުގެ ޖަލު ހުކުމެއް އަދި 15000 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކޯޓުން ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ ފްލޮރިޑާގެ ޕާކްލޭންޑްގެ ސްކޫލަކަށް ފެބްރުއަރީ 14 ވަނަ ދުވަހުވެސް ވަނީ އުމުރުން 19 އަހަރުގެ ޒުވާނަކު ދިން ބަޑީގެ ހަމަލާއެއްގައި 17 މީހުން މަރުވެ 15 މީހަކު ޒަހަމްވެފައެވެ. ވުމާއިއެކު މިފަދަ އިންޒާރުގެ މެސެޖުތައް ވަރަށް ސީރިއަސްކޮށް އެމެރިކާގެ ސަލާމަތީ ކަންކަމާއި ބެހޭ ފަރާތްތަކުން ދަނީ ނަގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު