އިންސާނުންނެކޭ އެއްފަދައިން ޖިންނި ފަދަ އެއްޗެއްސަކީ ދުނިޔޭގައި އުޅޭ އެއްޗެއްކަން ގަބޫލުކުރަންވާނެއެވެ. ބައެއް މީހުން އެފަދަ ވާހަކަތައް ވަރަށް ބޮޑަށް އަޑުއަހަން ނުވަތަ ކިޔާލަން ބޭނުންވެއެވެ.
މިއީވެސް އެފަދަ ވާހަކަތަކެކެވެ. ބަޔަކަށް ދިމާވި ބިރުވެރި ވާހަކަތަކެކެވެ.
1 "އަހަރެމުން އުޅުނު ހޮސްޓެލް ހުންނަނީ ވަލާއި ވަރަށް ކައިރީގައި. އަހަންނަށް އެއް ފަހަރު ފެނުނު މީހަކު އަހަރެން އުޅުނު ކޮޓަރީގެ ކުޑަ ދޮރު ކައިރީ އަޑު ލައްވާ ލައްވާ ހުއްޓާ. އެހެން ހުރެފައި ކުއްލިއަކަށް އޭނާ ގެއްލުނީ"
2 "އަހަރެން ގެއަށް އެނބުރި ދަނިކޮށް، އަހަރެން ދުއްވަން އިން އޮޓޯގެ ފަހަތަށް އަންހެނަކު އެރި. މަގުމަތިން ދިޔައިރު، އޭނާ އަހަރެން ކައިރީ ހަތަރު ތަނަކަށް ހުއްޓަން ބުނި. ފަސް ވަނަ ތަނަށް މަޑު ކުރަން އަހަރެން ދެކޮޅު ހެދުމުން އޭނާ އަހަންނާއި ދިމާލަށް ވަރަށް ބިރުވެރިގޮތަަކަށް ލޯ އަޅާލީ. ދެން އަހަންނަށް ފެނުނު އެއްޗަކީ އަހަރެންގެ އޮޓޯގެ އެއް ފުރޮޅު ނެތްކަން"
3 "އެއް ރޭ އަހަރެން އަޑުއެހިން ފާހަނާގައި މީހަކު ވާހަކަދެއްކި އަޑު. އަހަރެން އެހިން އެއީ އަހަަރެންގެ ރޫމް މޭޓްތޯ. އޭނާ ބުނީ އާ،، އެކޭ. އެހެން ބުނިތަނާހެން އަހަރެންގެ ރޫމް މޭޓް ބޭރުގައި ހުރެފައި ކޮޓަރީ ދޮރު ހުޅުވާފައި ވަނީ"
4 "އެއް ރޭ މެންދަމު 3:00 ޖެހިއެހާކަންހާއިރު އަހަންނަށް ފެނުނު ފިރިހެނަކު އަހަރެންގެ ކޮޓަރީގެ އެދު ކައިރީ ހުރި ގޮޑިއެއްގައި އިށީންދެއިންތަން. އަހަރެން ލޯ މަރާލާފައި ހުޅުވިއިރުވެސް އެ މީހާ އެތާއިން"
5 "އަހަރެން އަޑުއެހިން އަހަރެންގެ ދައްތަ މަރުވެފައިވާ އަހަރެންގެ މާމައާއި ވާހަކަދެއްކި އަޑު. އަހަރެން އެކަން ހުއްޓުވަން އުޅުމުން، އޭނާ އަހަރެން ކައިރީ "ހުއްޓާލާށޭ" ބުނީ ވަރަށް ބިރުވެރި އަޑަކުން"
އެއްރޭ އަހަރެން ތިންރުއްޕާރކަށް ދިޔައިރު އެތާ އިންތިންރުއްނެތް އޭގެބަދަލުގައި އެތާއިނީ ތިން ނިކަބިލިސް ގަސް
ލޮލް
އެއްރެއަކު އަހަރެންނަށް ފެނުނީ ގަލެއްގެ މަތީގައި އިން އިރުވައިހުދެއް އެއްމެފައެއް ޖައްސައިގެން އިންދާ، އެވަގުތު އަހަރެން ގަންނާކުރެއްވި ބިރުން ގައުކޮޅެއް އެއްލުމުން ކުއްލި އަކަށް އަނެއްފައިވެސް ޖައްސައިފި ނޭނގެ އެފައި ނެރުނުތަނެއްވެސް.?
ހާހާހާ.....ހީހީ ހަލާކު
މީއެއްނު ބިރުވެރިކަމަކީ... މަތީގައި އޮތް ލިޔުމަކު ނެތް ކައްނޭގެ ބިރުވެރިކަމެއް.. ޖޮއްބެ ހިނި އައްސިވަރަށް. ??
ތިޔޮތީ ބުނެދީގެން ލިޔެފައެންނު.
އެއްރޭ އަހަރެން ގޭފެންޑާ މައްޗަށް ނިކުން އިރު ފެންޑާ ހޮޅިބުރި ނިވިނިވިފަ ދިއްލެނީ. ނިވޭ ކޮންމެފަހަރަކު އެތާހުރޭ ރަތްލިބާހެއް ލައިގެން ހުރި އަންހެނެއް ހެވިދިލިފަ. ދިއްލޭ ކޮންމެ ފަހަރަކުއޭނާ ގެއްލެނީ. އަހަރެން ބިރުން ގަނޑުވެފަ ހުއްޓާ އަހަރެންގެ ރަހުމަތްތެރި އިޝާ ކޯކުފުޅިޔަކާ ފިހިގަނޑަކާ ހިފައިގެން އައިސްވަނީމާ ބިރުފިލީ.
އެއްރޭ އަހަރެން ހުނިގާނާ ސްކްރޭޕަރު ހަލާކުވެގެން ރައްޓެހި އަންހެން ކުއްޖެއްގެ ގެޔަށް ދިޔައިމާ އޭނާ މަމީ އޭނާގެ ޗޮކުލެޓޭ ކިޔައިގެން ވަރަށް ލޯބިކޮށް ވާހަކަދައްކާ ފިރުމާ ހަދަން ފެށީމާ ބޭރުބަލައިލިއިރު ބޭރުގައި ހޮޅިދަނޑިކައިރީ ހުރީވެސް ހަމަ މަގޭ ރައްޓެހި އަންހެން ކުއްޖާ. ދެން ވީގޮތެއް ނޭނގުނު.
އެއްރޭ އަހަރެން ސަލްޓަން ޕާކަށް ދިޔައިރު އެތާކު ޕާކެެއްނެއް!!! ފަހުން ދިޔައިރު އެތާހުރީ ރަސްރަނި ބަގީޗާ.....
އެއްރޭ އަހަންނަށް އަހަރެންގެ ގޭގެ ދޮރުމަތިން ކުޑަ މިނިކާވަގެއް ދެކުނިން. އަހަރެން ހުރީ ވަރޭވެހޭ މަންޒަރުބަލަން. ގެހުންނަނީ ވަލުކައިރީ ގޭ ދޮރުމަތީގަ އޭރުހުންނަނީ ހިރުދުގަހެއް. އޭރުކުޑަވީމަ މީހެއްކައިރީ ބުނާކަށް ނޭނގެ. ބަލަން ހުރެވުނީ ދެން އެހެންދިމާލަކަށް ބަލާލިތަނާ ގެއްލިއްޖެ.
ހަމަ އެހެންދުވަހަކު، އިރުއޮއްސުނު ގަޑީ އަހަރެން ހުނީ ފިނިފެންމާގަސް ކައިރީ. ޖެހިގެން ހުރިގޭގެ ކުއްޖެއްގެ އަޑުއިވުނީމަ ވާހަކަ ދެއްކީމަ ޖަވާބުދިނީ ފިނިފެންމާގަސް. އަަހަރެން ދުވެފަ އައިސް ގެއަށްވަދެ ގޭގަމީހުން ކައިރީ އެވާހަކަ ބުނީމަ އަހަރެން މޮޔައަކަށް ހެދި އަދި މަލާމަތް ކުރި. އޭގެ ފަހުންވެސް އެކަހަލަ ކޫސަނި އެތަށް ބިރުވެރިކަމެް އަހަރެން ކުޑައިރު ދިމާވި.
އެއްރޭ އަހަރެންނަށް ހޭލެވުނީ ކޮޓަރި ތެރެއިން ބިރުވެރި އަޑުތަކެއް އިވިގެން. އެއަޑުތައްދިޔައީ ފަހަރެއް ފަހަރަކައް ގަދަވަމުން. އެއްފަހަރު ކުރޮޅިގާނާ އަޑު އިވުނިއްޔާ އަނެއްފަހަރު ފުޅިއަށް ވައި އެޅޭ އަޑު އިވޭ އަދި ކީސް ޖަސްސާ އަޑުވެސް އިވޭ. މި އަޑުތައް އަންނަނީ އަހަރެން ނިދާ ބަންކު ބެޑުގެ މަތީބެޑުން. އަހަރެން ފައިގަ ހުރި ބާރެއްލާފަ ހެސްކިޔާފަ މަތީބެޑު ދަށުގަ ޖެހީ. އިސާހިތަކު ގުގުރި ދެމުން ހުއްޓި މާހައުލް އަމާން ވެއްޖެ.
އެއް ރެއަކު އަހަރެން ގިފިލިއައް ދިޔަ އިރު އެތާހުރި ޟަންތި
އެއްރޭ އަހަރެން ފެން އަޅަން ތާނގީ ކައިރިއަށް ދިޔައިރު އެތާ އޮތް ކަޅު ކުލައިގެ ކުޑައެއް..އަހަރެން ހީކުރީ އިށީދެގެން އިން މީހެއް ކަމަށް..ލޮލް..