އިންޑިއާ މީހަކު 66 އަހަރުވަންދެން ދިގުކޮށްގެން އުޅުނު އޭނާގެ އިނގިލީގެ ނިޔަފަތިތައް ކަނޑާލުމަށް ނިންމައިފިއެވެ.

އޭނާއަކީ މިހާތަނަށް ދުނިޔޭގައި ހުރި އެންމެ ނިޔަފަތި ދިގު މީހާއެވެ. އޭނާގެ އަތުގައި އެ ރެކޯޑްވެސް އެބައޮތެވެ. 1952 ވަނަ އަހަރުން ފެށިގެން އޭނާ ދިޔައީ އޭނާގެ ވައަތު ނިޔަފަތިތައް ދިގު ކުރަމުންނެވެ. އެއިރުވެސް އޭނާ އަކީ އެންމެ ނިޔަފަތި ދިގު މީހާއެވެ.

މިހާރު އޭނާއަށް 82 އަހަރު ފުރިފައިވާއިރު، އޭނާގެ ވިސްނުން ހުރީ އެ ނިޔަފަތިތައް ކަނޑާލުމަށެވެ.

ޝްރިދާރް ޗިލާލީ ނަމަކަށް ކިޔާ ނިޔަފަތި ކަނޑާލުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ނިއުޔޯކްގެ ޓައިމް ސްކޮޔާގެ ދަ ރިޕްލޭސް ބިލީވް އިޓް އޯރ ނޮޓް މިއުޒިއަމްގައެވެ.

އޭނާ ދިގުކޮށްފައިވާ ނިޔަފަތިތައް އެއްކޮށްލުމުން ދިގުމިނުގައި 909.6 ސެންޓިމީޓަރު ވަރު ހުންނާނެއެވެ. އަދި ވަކިން ނިޔަފައްޗެއްގެ ދިގުމިނުގައި 197.8 ސެންޓިމީޓަރު ހުންނާނެއެވެ.

އޭނާއަށް ގިނިސް އިން ވަނީ 2016 ވަނަ އަހަރު އެއް އަތުގައި އެންމެ ދިގު ނިޔަފަތިތައް ހުރި މީހާގެ ލަގަބް ދީފައެވެ.

ޗިލީ ވަނީ އޭނަގެ ނިޔަފަތިތައް މިއުޒިއަމްގައި ބެހެއްޓުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    މި މީހާއަށް މިކަމުން ލިބުނުހައިވެސް އެއްޗަކީ ވޯލްޑްރެކޯޑޭ ކިޔާފައި ފާޑެއްގެ ފޮޓޯ ފްރޭމެއްދޯ! އެއްއަތް ވާވެފައިވާ މީހެއްހެން 66 އަހަރު ހޭދަކުރުމުންވެސް ލިބުނު އެއްޗަކީ އެއީ......... ކެކެކެކެކކެކެކެކެ