ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުއާއި އެކު ކައިވެނި ރޫޅުނު ފަހުން ރުޖޫއަ ކުރައްވާފައި ނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ކައިވެނި ރުޖޫއަށް ނުކުރައްވާނެ ކަމަށް ޖާބިރުގެ ކުރީގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ހދ. ނޮޅިވަރަމްގައި ހުންނަ ރެސްޓޯރަންޓްއެއްގައި ހުންނަވައިގެން ޖާބިރު ދެއްކެވި ވާހަކައެއްގެ ވީޑިއޯ މަންޒަރުތައް މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އޭގައި ޖާބިރު ވިދާޅުވަނީ މި ވަގުތު އޭނާގެ އަނބިކަނބަލެއް ނެތް ކަމަށެވެ.

މީ ވީޑިއޯއާއި ހަވާލާދީ، ނޫސްތަކުގައި ޖާބިރުގެ އަނބިކަނބަލުން ނެތް ކަމަށް ރިޕޯޓް ކުރުމުން، އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައި، ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ފަހަރު މަތިން ކައިވެނި ރޫޅުނު ކަމަށް ނޫސްވެރިން ލިޔުނު ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.

ދިޔާނާގެ ޓްވީޓްގައި ފުރަތަމަ ވެސް ސުވާލެއް އުފެއްދެވީ، ދިޔާނާގެ ކައިވެންޏާއި ގުޅޭ ގޮތުން ޚަބަރުތައް ޝާއިއު ކުރަމުން ދަނީ މި ގައުމުގައި މައްސަލަތަކާއި ޚަބަރުތައް ހުސްވުމުންތޯއެވެ. ނޫހެއްގެ ޚަބަރަކާއި އެކު ކުރެއްވި އެ ޓްވީޓްގައި، ދިޔާނާ ވަނީ އެ ޚަބަރު ލިޔެފައިވާ ވައްޓަފާޅިއަށް ވެސް ފާޑުވިދާޅުވެފައެވެ.

"ކައިވެނި ރުޖޫއަ ކޮށްފައެއް ނުވާނެ، ކުރިއަށް އޮތް ތަނުގައި ވެސް އެ ކަމެއް ނުވާނެ،" އިނގިރޭސި ބަހުން ދިޔާނާ ލިޔުއްވި އެ ޓްވީޓްގެ ފަހު ޖުމުލައަކަށް ލިޔުއްވާފައިވަނީ މިހެނެވެ.

ޖާބިރުއާއި ދިޔާނާގެ ކައިވެނި ރޫޅުނު ކަން ފުރަތަމަ ހާމަ ކުރެއްވީ ވެސް ދިޔާނާ ކުރެއްވި ޓްވީޓެއްގައެވެ. އޭގެ ފަހުން ކައިވެނި އަލުން ރުޖޫއަވީ ކަމުގައި ނޫސްތަކުގައި ރިޕޯޓް ކޮށްފައި އޮތީ ޖާބިރާއި ހަވާލާ ދީއެވެ. އެއަށް ފަހު އަނެއްކާ ވެސް ކައިވެނި ރޫޅުނު ކަމަށް ޖާބިރު އާންމު ތަނެއްގައި ވިދާޅުވިއިރު، ދިޔާނާ މި ވަނީ ކައިވެނި ރުޖޫއަ ކުރި ވާހަކަތައް ދޮގު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބުނެލަން

    އެއްވެސް މީހެއްގެ ކައިވެނި ރޫޅިގެން ދިއުމަކީ އަހަރެން އެދޭ ކަމެއް ނޫން..އެކަމަކު ދިޔާނާގެ ތި ނިންމުމަށް އަހަރެން މަރުހަބާ ކިޔަން..ސަބަބަކީ ޖާބިރު ކަހަލަ މީހަކަށް އަބުރުވެރި އަންހެނަކު ހައްޤެއް ނޫން..އޭނާއަށް ހައްޤީ އޭނަ ކަހަލަ މީހެއް.

    92
    2
  2. ސާބަސް

    ކައިވެނި ރުޖޫއަކުރުމުގެ އިޙްތިޔާރު އަންހެނުންނަށް ލިބުނީ ކޮންއިރަކުބާ

    34
    32
    • ޕޫޕްސީ

      ވ ގަދަޔަށް އެނގިފަ ހުރި ފާޑުޖަހާ!!!

      16
      3
    • ވިސްނާ

      ޖާބިރު އެކަނި ރުޖޫއަ ކުރެވޭތަ؟ އަންހެނަކަށްވެސް ދެކޮޅު ހެދޭނެ ދޯ.

      9
      2
  3. ސާމް

    ސާބަހޭ ދިޔާނާއައް އަސްލުވެސް ދިޔާނާއެކަށީގެންވާމީހެއްނޫން ޖާބިރަކީ އޭނެޔައްވުރެ މާރަނގަޅު މީހެއް ދިޔާނާއައް
    ވާނެ އިންޝާﷲ

    78
  4. މޫން

    ދިޔާނާ އައް ހެޔޮލަފާ ރަގަޅު ފިރިއެއް ލިބުމަކީ ވަރައް އެދޭ ކަމެއް..ވަރައް ސަލާމް

    24
  5. ރަބަރޭ

    އަށްހެނަކު ބޭނުންނަމަ އިނދެގެން އުޅެވޭނީވެސް ޖާބިރެއް ކަމަކު އަށްހެނަކު ކާވެނި ރުޖޫޢަވުމަށް ނޭދޭ ނަމަ އެއްކޮށް އުޅެވޭނެ ގޮތެއް ނޯންނާނެ

    14
    2
  6. ސަމާސާ

    ދިޔާނާއެވެ. ތިއީ ވަރަށް ބަރާބަރު ނިންމުމެއް.
    މިގައުމުގައި އެބަތިބި ދިޔާނާއާއި އެކު ރީތި ދިރި އުޅުމަށް ކެއްމަދުވަފައި ތިބި ބައިވަރު މީހުން.
    ދިޔާނާ ތިކަމުން ސަލާމަތްވެ އަވަހަށް ހުސްހަށިބައިކަން އިއުލާންކުރޭ. މީހުން ތިގޭދޮށުގައި ކިއުހަދާނެ.
    ހަމަޔަގީނުންވެސް އަޅުގަނޑު އެއްމެކުރީޣައި ހުންނާނަން.
    ތިއީ އްޚްލާގް ރަނގަޅު މަޑުމައިތިރި ރީތި ސާދާ ކަނބަލެއް.
    އިންތިޒާރު .......

    23
    1
  7. ލޯބިވާ ވަޠަން

    މަ ބޭނުން ދިޔާނާ އާއި އިންނަން.

    19
    1
  8. ކޮރަލް

    ހައްދު ފަހަނަ އަޅާ ދިޔައީމަ ނޫޅެ ވޭނެ އެވެ.

    21
    1
  9. އާދަމް

    މި މައްސަލައިގާ އަޅުގަނޑަށް މިސާލެއް ޖަހާލެވެން އަންނަނީ އަލްއުސްތާޒުލް މަރްޙޫމް ޔޫސުފް މުޙަންމަދު ފުޅު ނުވަތަ އެދުރުބޭގެ ޅެމެއްްގެ ބައިތަކުން.
    ހިއްޗަކުން ރަހަލިބެވުނީތީހޭ އަޖާއިބު ތިޔަވަނީ
    އެއްޗަކުން ފެނިދާހުށީ ހަމަ އަސްލުގާވެސް ހުރިގޮތެއް

  10. Anonymous

    ޑިޔާނާ އަށް 48 އަހަރު އެކަމް ވެސް ޒުވާން އެހެންވީމާ ހަމަ އަލުން ޝާދީ ކުރަންވީ

  11. ހައްވަ

    ވަރުގަދަ އަންހެނުންނާ އިދެގެން އުޅޭ ގޯސްމީހުންވެސް އަންހެނުންގެ ސަބަބުން ރަނގަޅުވޭ. އެކަމަކު ޖާބިރަށްމިވީ އެހެންގޮތެއް . މިކަމުގައި ސުވާލު އުފެދޭ

  12. އިތުރުފަރުވާ

    ތިނިމްމުމަަަށް މަރުހަބާ
    މަވެސް ބޭނުން ދިޔާނާ އާއި އިންނަން.