ކެލަފޯނިޔާގެ ޕެޓަލުމާގައި ބޭއްވި ދުނިޔޭގެ އެންމެ ހުތުރު ކުއްތާ ހޮވުމުގެ މުބާރާތުން އެއްވަނަ ލިބުނު "ޒްސާ ޒްސާ" ނަމަކަށް ކިޔާ ކުއްތާ މަރުވެއްޖެއެވެ.

މިކުއްތާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މިކުއްތާ ގެންގުޅެމުން އަންނަ ފަރާތުން ބުނެފައިވެއެވެ.

" ޒްސާ ޒްސާ މަރުވީ ރޭގެ ވަގުތެއްގައި ނިދާފައި އޮއްވާ. " ޒްސާ ޒްސާ ގެންގުޅެމުން އަންނަ މޭގަން ބްރައިނާޑް ބުނެފައިވެއެވެ.

ޒްސާ ޒްސާގެ އެފަދަ އެހެން ވައްތަރުގެ ބުލްޑޯގްތަކަށްވުރެ ދިގު ދުލެއް އޮންނަ ކުއްތާއެކެވެ. އަދި މޫނުގެ ހަންތަކުން ރޫ އަރާފައި ހުންނައިރު ޒްސާގެ އަގައިން އަބަދު ހުންނަނީ ކުޅުފައިބާފައެވެ.

ދުނިޔޭގެ އެންމެ ހުތުރު ކުއްތާ ހޮވުމުގެ މުބާރާތަކީ އެތަނުގެ ސަގާފަތެއް ކަމަށާއި ކޮންމެ އަހަރަކުވެސް މި މުބާރާތް ކުރިއަށްދާ ކަމަށް މިމުބާރާތް އިންތިޒާމް ކުރާފަރާތުން މީގެކުރިން ބުނެފައިވެއެވެ. އޭގެ އިތުރުން މިހާރު މި މުބާރާތް ކުރިއަށް ގެންދާތާ 30 އަހަރުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ޒްސާ ޒްސާ މަރުވެފައި މިވަނީ މިމިބާރާތުން އެއްވަނަ ލިބުނުތާ މަހެއްވެސް ނުވަނީސްއެވެ.

މިދިޔަ އަހަރުގެ އެންމެ ހުތުރު ކުއްތާގެ ލަގަބު ލިބިފައި ވަނީ މަރްތާ ނަމަކަށް ކިޔާ ބިޔަ ކުއްތާއަށަށެވެ. އެ ކުއްތާގެ ބަރުދަނުގައި އޭރު 56 ކިލޯ ހުރިއިރު އެއީ ކަޅުކުލައިގެ ބޮޑު ކުއްތާއެކެވެ. އަދި އެކުއްތާ ދުނިޔޭގައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުނިޔޭގެ އެންމެ ގޮތްކުޑަ އަންހެން ކުއްތާ އެކަހަލަ އެހެން ކުއްތާއެއް ވިހާފަ ނޫނީ މަރު ނުވަން ވެގެން އެތަން މިތާގައި އެބަ ވައްވައް ޖަހާ

  2. ތިކުއްތާ ޔާން އާ ވައްތަރު ގޮތެއް ހުރޭ

  3. އިބްނު ބަތޫތާ

    ކޮންމެ ކުއްތާއެއްވެސް ހުތުރު ވާނެ.. ކޮން ކުއްތާއެއްތަ ހުތުރުކަން ކުޑައީ..