ބޮލީވުޑުގެ ބަތަލާ މޯނީ ރޯއީއާއި އޭނާގެ ލޯބިވެރިޔާ ސޫރަޖު ނާމްބިއާއާއި މި މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ގޯއާގައި ކައިވެނި ކުރަން ތައްޔާރުވެއްޖެއެވެ.

ދުބާއީގައި މި ކައިވެނި ކުރެވޭނެ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް ފަހުގެ ރިޕޯޓު ތަކުގައިވާ ގޮތުން މޯނީއާއި ސޫރަޖު ކައިވެނި ކުރާނީ ގޯއާގައެވެ.

އަދި ''ބީޗް ވެޑިން'' އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

މޯނީގެ ކައިވެނި ހަފުލާއަށް ގޯއާގެ ފަސް ތަރީގެ ހޮޓަލެއް ބުކް ކޮށްފައިވާ ކަމަށްވެސް ބުނެފައިވާއިރު، ކައިވެނީގެ ހަފުލާއަށް ދަޢުވަތު ދެވުނު ބައެއް ފަރާތްތަކުން މިހާރު ގޯއާއަށް ދާނެ ކަމަށް ބުނެފައި ވެއެވެ. އަދި ހުރިހާ މެހެމާނުން ވެސް ކޮވިޑު ވެކްސިން ކާޑު ގެންދަން ޖެހޭނެ ކަމަށް ވެސް ވެއެވެ.

މޯނީއާއި ސޫރަޖުގެ ކައިވެނި ހަފުލާއަށް ބޮލީވުޑުގެ ބައެއް ފަރާތްތަކަށް ދަޢުވަތު ދީފައިވެއެވެ. އޭގެ ތެރޭގައި ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރްއާއި އެކްތާ ކަޕޫރު، އަދި ޑިޒައިނަރ މަނީޝް މަލޯތުރާއާއި ކުރީގެ ބަތަލާ އާޝިކާ ގްރާޑިއާ ހިމެނެއެވެ.

މޯނީއަކީ ހިންދީ ޑުރާމާތަކުން ފާހަގަ ކޮށްލެވުނު ހުނަރުވެރި އެކްޓަރެކެވެ. ޑުރާމާތަކުގައި އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކެރެކްޓަރއަކީ ހަރުފަ ''ނާގިން'' ގެ ކެރެކްޓަރއެވެ.

ޑުރާމާތަކުގެ އިތުރަށް މޯނީ ވަނީ ބައެއް ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. ''ގޯލްޑް''، ''ލަންޑަން ކޮންފިޑެންޝިއަލް''، ''ވެއްލޭ''، ''ހީރޯ ހިޓްލަ އިން ލަވް'' ފަދަ ފިލުމުތައް ހިމެނެއެވެ.

މޯނީގެ ލޯބިވެރިޔާ ސޫރަޖުއަކީ ދުބާއީއަށް ނިސްބަތްވާ ވިޔަފާރިވެރިއެކެވެ